ޚަބަރު

އޮޑިޓްގެ މަޢުލޫމާތުތަައް ހަރުދަނާގޮތެއްގައި ރައްކާކުރަން ޕޯޓަލްއެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

އޮޑިޓްގެ މަސައްކަތްތަކާއި މަޢުލޫމާތުތައް ހިއްސާކުރުމަށް އޮޑިޓްގެ ޕޯޓަލްއެއް ތަޢާރަފްކުރުމަށް ތައްޔާރުވެފައިވާ ކަމަށް އިންޓަރނަލް އޮޑިޓް ސްޕެޝަލިސްޓް މުހައްމަދު ޒައީމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އިންޓަރނަލް އޮޑިޓް ސްޕެޝަލިސްޓް މުހައްމަދު ޒައީމް ވިދާޅުވީ އޮޑިޓަރ ވިދާޅުވީ އޮޑިޓްގެ ވަރަށް ގިނަ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި މައުލޫމާތު ހަރުދަނާގޮތެއްގައި ރައްކާކުރެވޭނެ ނިޒާމެއް ނެތުމާއި ވަސީލަތްތައް މަދުވުމުގެ މައްސަލަވެސް ދިމާވާ ކަމަށެވެ.

އަދި މިއޮޑިޓް މޮޑިއުލް މެދުވެރިކޮށް ދައުލަތުގެ އޮފީސްތަކުގެ އޮޑިޓްގެ މެމްބަރުންގެ މަޢުލޫމާތު ބެލެހެއްޓުމާއި ކޮމިޓީތަކަށް އައްޔަންކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު ބެލެހެއްޓުމާއި ދައުލަތުގެ އޮފީސްތަކުން އޮޑިޓްގެ ކަންކަންކުރާގޮތް ބަލާ މޮނީޓަރ ކުރަމުންދާނެ ކަމަށް ޒައީމް ވިދާޅުވިއެވެ.

މިޕޯޓަލް ރަސްމީކޮށް އިފްތިތާހްކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 1 ވަނަ ދުވަހުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!