ޚަބަރު

މަކަރާއި ހީލަތުން ރާއްޖެއަށް މުދާ އެތެރެކުރި މީހަކު ހައްޔަރުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މަކަރާއި ހީލަތުން ރާއްޖެއަށް މުދާ އެތެރެ ކުރި ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ފުލުހުން ވިދާޅުވީ ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގެ ކުންފުނިތަކުން ދިވެހި ރާއްޖެއަށް މުދާ އެތެރެކޮށް އެ މުދަލުގެ އަގު އަދާކުރުމުގެ ގޮތުން އެފަރާތްތަކަށް ސައްޙަ ނޫން ޓެލެގްރަފިކް ޓްރާންސްފަރ (ޓީ.ޓީ) ފޮނުވައި، މަކަރާއި ހީލަތުން އޮޅުވާލައިގެން މުދާ އެތެރެކޮށް، އެމުދާ ރާއްޖޭގައި ވިއްކާ މަންފާ ހޯދަމުންދާކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި މިމައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މިމައްސަލައާ ގުޅިގެން މާލޭގައި އެމީހާ ދިރިއުޅެމުންދާ ތަން ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން  ވިދާޅުވިއެވެ.

މިމައްސަލަ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓުން ދަނީ ތަޙްޤީޤްކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!