ދުނިޔެ

ރާއްޖޭގައި ހަރުކަށި ފިކުރުގައި ޕާކިސްތާނާއި ސައުދީ އަރަބިއްޔާގެ ނުފޫޒު އެބައޮތް: ޑރ ޖުންކަލް ފެނާންޑޭޒް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރާއްޖޭގައި ހަރުކަށި ފިކުރަށް ޖާގަ ލިބެނީ ޕާކިސްތާނާއި ސައުދީ އަރަބިއްޔާގެ ނުފޫޒުން: ޑރ ޖުންކަލް ފެނާންޑޭޒް

އީއެފްއެސްއޭއެސްގެ "ޕްލެއިން ޓޯކް: ސައުތު އޭޝިއާ" ވަނީ ރާއްޖޭގައި ޓެރަރިޒަމާއި ހަރުކަށި ފިކުރާ ގުޅިފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ޑރ ޖުންކަލް ފެނާންޑޭޒް-ގަރައިޒަބަލް އެކަމަނާގެ އިލްމީ ވިސްނުން ހިއްސާ ކުރައްވައިފިއެވެ.

Ads by Sosun Fihaara

ފެނާންޑޭޒް-ގަރައިޒަބަލް އަކީ ކައުންޓާ އެކްސްޓްރީމިޒަމް ޕްރޮޖެކްޓްގެ ޕްރޮގްރާމް މެނޭޖަރު ގެ އިތުރުން ޕޯލަރައިޒޭޝަނާއި ނަފްރަތާއި ހައްދުފަހަނައެޅުން ހުއްޓުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޕެރެލަލް ނެޓްވޯކްސް (ޕީއެން) ގެ ކޯ ފައުންޑަރެވެ.

ފެނާންޑޭޒް-ގަރައިޒަބަލް އެންމެ ފުރަތަމަ ފާހަގަކުރެއްވީ ރާއްޖޭގައި ޓެރަރިޒަމް ގެނައުމަކީ އާ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރެއް 2008 ވަނަ އަހަރު އިންތިޚާބުވުމުން ދިވެހި މުޖުތަމައުއަށް އެކި ގޮތްގޮތުން މިނިވަންކަން ލިބިގެންދިޔައިރު، އޭގެ ތެރޭގައި ދީނީ ހަރުކަށިޚިޔާލު ފާޅުކުރުމުގެ ޖާގަ އިތުރުވެ، އާންމު މައިދާނުގައި ހަރުކަށި އަޑުތައް އުފެދުމުގެ މަގު ފަހިވެގެން ދިޔައެވެ.

2013 ވަނަ އަހަރަށް ފަހު ރާއްޖެ ވެގެން ދިޔައީ އިސްލާމިކް ސްޓޭޓް އިން އިރާގު އެންޑް ސީރިއާ (އައިއެސް) އާ ގުޅިފައިވާ ބޭރުގެ ހަނގުރާމަވެރިންގެ ބޮލަކަށް ޖެހޭ ނިސްބަތް އެންމެ ބޮޑު ގައުމެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެ މީހުން ޤަބޫލު ކުރާ ހަރުކަށި ދީނީ ފިކުރަށްޓަކައި މަރުވާން މިހާރު ވެސް 1400 ދިވެހިން ތައްޔާރަށް ތިބި ކަމަށް ބެލެވޭ ކަމަށް ދިވެހި ފުލުހުންގެ ތަފާސް ހިސާބަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ. އަދި 2015 ވަނަ އަހަރާ ހަމައަށް 80އަށްވުރެ ގިނަ ދިވެހިން މި ޖަމާއަތާ ގުޅިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ހަރުކަށި ފިކުރުތައް އުފެދިގެން ދިއުމަކީ ސައުދީ އަރަބިއްޔާ އާއި ޕާކިސްތާނުންގެ ސަބަބުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވާ ކަމެއް ކަމަށާއި އެ ތަނުގައި ދިވެހިންގެ ގިނަ ބަޔަކު އިސްލާމީ ތައުލީމެއް ހާސިލްކުރަން ދިޔަ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ދީނީ ހަރުކަށި މައުލޫމާތު ދޭ މަދަރުސާތަކުން ތައުލީމް ހާސިލްކޮށް، އެކަން ފަތުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ފެނާންޑޭޒް-ގަރައިޒަބަލް ވިދާޅުވީ މި ދަރިވަރުންނަކީ އަސްކަރީ ތަމްރީނު ތަކެއް ހާސިލުކުރި ދަރިވަރުންކަން އެނގޭނެ އެއްވެސް ހެއްކެއް ނެތް ކަމަށާއި ނަމަވެސް ދެކުނު އޭޝިއާއަށް ދިން ޓެރަރިސްޓް ހަމަލާތަކުގައި ދިވެހިންގެ ތެރެއިން ބައެއް މީހުން ބައިވެރިވި ކަމަށާއި އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ 2008 ވަނަ އަހަރު އިންޑިއާގެ މުމްބާއީގައި ދިން ހަމަލާތައް ކަމަށެވެ.

ނިންމަވާލައްވަމުން ޑރ.ފެނާންޑޭޒް-ގަރައިޒަބަލް ވިދާޅުވީ، އިސްލާމީ ކިޔަވައިދިނުން ރެގިއުލޭޓްކުރާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އުފެއްދުމުގެ ސަބަބުން ދީނީ ކަންކަމުގައި އިތުރު ޗެކް އެންޑް ބެލެންސްތަކެއް އުފެދިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މިނިސްޓްރީން، ދަަރިވަރުން ކިޔަވަންދާ ތަންތަން ބަލާ، އެކުދިންނަށް ދޭ ތައުލީމުގެ ފެންވަރާމެދު ބަހުސްކޮށް، އެކަންކަން ބަލަމުން އަންނަ ކަމަށް ފާހަގަ ކުރެއްވިއެވެ،

Ads by HDC
  1. ސަންފަ

    ޙަރުކަށި ފިކުރޭ މިކިޔަނީ އިސްލާމް ދީނުގެ އުސޫލާއެއްގޮތަށް އުޅެން މަސައްކަތް ކުރާތީ މަޑުކަށި ފިކުރަކީ ލާދީނީ އިސްލާމްދީން ފިޔަވައި ކޮންމެ ދީނެއް ގަބޫލުކުރިޔަސް މަޑުކަށި ފިކުރު