ޚަބަރު

ކުރީ ސަރުކާރުތަކުން ތަރައްޤީ ގެނައީ އިންތިޚާބުތަކާ ދިމާކޮށް: ރައީސް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކުރީ ސަރުކާރުތަކުން ތަރައްޤީ ގެނެސްފައި ވަނީ، އިންތިޚާބުތަކާ ދިމާކޮށް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

Ads by STELCO

ތ.ހިރިލަންދޫގެ އައު ފެނަކަ އޮފީސް އިމާރާާތް ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، ސަރުކާރުން ކަންކަން ރާވައި، ހިންގަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބަކީ އެންމެ މުހިންމު ކަންކަން ކަމުގައި ދެކިގެން ނޫން ކަމަށެވެ.

"ރާއްޖެ ތަރައްޤީ ކުރުން. ތި ބޭފުޅުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން. އެއީ އަޅުގަނޑުމެންގެ ވިސްނުން. އަޅުގަނޑުމެންގެ ޕްލޭނަކީ އެއީ."

ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށާއި، ތަރައްޤީގެ މަޝްރޫޢުތައް ހިންގާނީތޯ ނުވަތަ މަޑުޖެހި ތިބޭނީތޯ ނިންމަން ތިބި ބަޔަކީ ރައްޔިތުން ކަމަށެވެ.

ކަރަންޓުގެ ޚިދުމަތުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސް ޞާލިޙު ވަނީ، ވަކި ވަކި ފަރުދުންގެ އިޤްތިޞާދީ މަސައްކަތްތަކަށް ވެސް، ކަރަންޓަކީ ކޮންމެހެން ބޭނުންތެރި އެއްޗެއް ކަމަށެވެ. އެގޮތުން ރައްޔިތުން ބޭނުންކުރާ އެކި ވަސީލަތްތަކަށް ކަރަންޓު ބޭނުންވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް ފެނަކައިން ކުރާ މަސައްކަތަށް ތަޢުރީފު ކުރައްވައިފައެވެ.

  1. ތަސައްރަފުނުފުދޭ ކުޑަކުެްޖަކީތަ އަބަދު އެކާގެ ގޯސްވާހަކަ ދައްކާފަ ތިމާރަގަޅުވާހަކަ އަމިއްލައަށް ދައްކަން

  2. މުންޖިޗޭ

    މިހާރު މިކުރަނީ ވަކި ކޮންކަމެއް، އަނގަފަޅަމް މާތާހިރެއްނޫން. ކަޑަޖެހުމުގައި އަވަދިނެތި ތިއުޅެނީ.

  3. ބަލާތި

    މިރާއްޖެ އަމާން ބަނދަރަކަށް ގެންގޮސް ދޭނެ ކެންޑިޑޭޓަކަށް ރާއްޖޭގެ ސިޔާސީ މައިދާނުން ފެންނަނީ އެއީ ގާސިމް އިބްރާހިމް އެކަމަކު ގާސިމް ވަގުތު އޮތް ކަމަށް ހީކޮށް މިކަން ފަސްކޮށްފިނަމަ ރައްޔިތުން ގާސިމް އާއި މެދު ދެކެމުން އައި އުއްމީދު ގެއްލިގެންދާނެއޭ ގާސިމް ގާތު ތިބޭ އެޑްވައިޒަރުންނަކީ ވެސް އެއީ އާންމުންގެ ތެރޭގައި އާންމުކޮށް އުޅޭ ބަޔަކަށް ނުވުމާއި އަދި ގިނަ މީހުންނަކީ އެއީ ރާއްޖެތެރޭ މީހުން ކަމަށްވާއިރު އެމެންގެ ސިކުނޑީގައި އީޖާދު ކުރަނިވި ކަންކަން މަދުވާނެއޭ ގިނަ ފަހަރަށް އެއް ހިއްސު މަދު އުސޫލުންނޭ އެމެންނަށް ވިސްނޭނީ ކަން މިހެން ހުރުމުން ކެނެރީގެ ނަޝީދު ސަފުގެ ކުރިއަށް ޖެހިލާ ގާސިމް އިބްރާހިމް އަށް ހިތްވަރުދީގެން އެބަޖެހޭ ގާސިމް ބިރު ފަހަނައަޅާ ގޮސް ކެރިގެން ނިކުންނަން ސަރުކާރަށް އެއް ކަމެއް ވެސް ނުކުރެވޭނެއޭ ސަރުކާރަށް ކޯޓް ތަކުގެ ގާޒީން ގަނެވޭނަމަ ވިޔަފާރިވެރިންނަށް މާރީއްޗަށް ގަނެވޭނެއޭ މިކަން ކަން ދަނެގެން އަަވަހަށް ގާސިމް އިބްރާހިމް އަތުގައި ހިފައިގެން އަންނި ނިކުންނަންވީއޭ ވަގުތު އޮތް ކަމަށް ޖޭޕީ ގައި ތިބި އެޑްވައިޒަރުންނަށް ހީވި ނަމަވެސް ވަގުތެއް ނެތޭ ސިޔާސީ ޕްރޮޑަކްޓަކަށް ގާސިމް އުފެއްދުމަށް ޓަކައި ބޭނުންވޭ އެޕްރީމް މޭ އަދި ޖޫން މަސް ދެން ކެމްޕެއިން ކުރަން އޮންނާނީ ޖުލައި މަހާއި އޮގަސްޓް މަހޭ އެއީ މޫސުމް އެންމެ ގޯސް ދުވަސްވަރު ކުރާ ކެމްޕެއިން އެއް ކުރަންވީ މޫސުން ރަނގަޅު މަސް ތައް ކަމަށްވާ މާރޗް އެޕްރީމް މެއި މަހު ޖޫން ޖުލައި އޮގަސްޓް މަހު އެއީ އިމްތިޚާން ހަދަން ޖެހޭނެ ދުވަސް ތަކަކީ…