އާރިފް ގެއްލުން: އެންމެ ފަހުން ފެނިފައިވަނީ ޑިސެމްބަރު މަހު!
މާލެއިން ގެއްލިގެން ހޯދަމުންދާ ސ. ހުޅުދޫ / ސަނީލޮޖް، ޢަލީ އާރިފް (46އ) ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އޭނާ އެންމެ ފަހުން ފެނިފައިވަނީ ޑިސެމްބަރު މަހު ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އާރިފް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ފެބުރުވަރީ 16 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށާއި އޭނާ ގެއްލިގެން ރިޕޯޓްކުރުމާއި ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށްދީ، އަލީ އާރިފް ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަަމުންދާ ކަމަށެވެ.
ނަމަވެސް މިހާތަނަށް ފުލުހުންގެ އެކި ސަރަހައްދުތަކުން ކުރެވުނު މަސައްކަތުން އާރިފް ހޯދިފައި ނުވާ ކަމަށާއި އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމަށާއި އެންމެ ފަހުން އާއިލާއަށް ހަބަރުވެފައިވަނީ 2022 ޑިސެމްބަރު މަހުގެ ތެރޭގައިކަމަށް އާއިލާއިން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަދި އޭނާއަކީ ކަންނެލި މަސްވެރިކަމަށް ގޮސްއުޅޭ މީހެއްކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށާއި އާރިފްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790083 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.