ޚަބަރު ސިޔާސީ

މާލެއަށް ލިބޭ ކޮންމެ ގެއްލުމަކީ، މުޅި ރާއްޖެއަށްވެސް ލިބޭ ގެއްލުމެއް: މޭޔަރު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މާލެ ސިޓީ ކައުންސިލަށް ކުރިމަތި ކުރާ ހަރުކަށި ހުރަސްތަކުގެ ސަބަބުން، މާލޭގެ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖެއްސުން، އިންތިހާއަށް ދަތިވެފައިވާ ކަމަށާއި، މާލެއަށް ލިބޭ ކޮންމެ ގެއްލުމަކީ މުޅި ރާއްޖެއަށް ވެސް ލިބޭ ގެއްލުމެއް ކަމަށް މާލޭގެ މޭޔަރު ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

މޭޔަރު މިހެން ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ބޭއްވި، މި އަހަރުގެ އެންމެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައެވެ.

ވެރިކަން ކުރާ ރަށް، މާލެއަކީ ދިވެހިރާއްޖޭގެ ހިތާއި ފުރާނަކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ، މާލެ އަޅުވެތިވި ކޮންމެ ފަހަރަކު، މުޅި ރާއްޖެވެސް އަޅުވެތިވެގެން ދިޔަ ކަމަށެވެ.

"މި ސަބަބަށްޓަކައި، ދިވެހިންނަށް ހަމަލާ ދިން ކޮންމެ ބަޔަކު އެންމެ ބޮޑަށް ފާރަ ލާފައިވަނީ މާލެއަށް. ގެއްލުން ދީފައި ވަނީވެސް މާލެއަށް. މި ހިނގާ ޝައުބާާން މަހުގެ އެއްވަނަ ދުވަހަކީވެސް، މި ކަމުގެ މައްޗަށް އޮތް ސާފު ދަލީލެއް. އެއީ ޕޯޗުގީޒުން މާލެ އަރައި، އަލި ރަސްގެފާނު ޝަހީދު ކުރި ދުވަސް."

މީގެ އިތުރުން މޭޔަރު ވިދާޅުވީ، މާލެއަށް ލިބޭ ކޮންމެ ގެއްލުމަކީ މުޅި ރާއްޖެއަށް ވެސް ލިބޭ ގެއްލުމެއް ކަމަށާއި، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހަކީ، އޭގެ މިސާލެއް ކަމުގައެވެ.

އެގޮތުން، އެ ދުވަހުގެ ހަމަލާގައި 19 ދިވެހީން ޝަހީދުވީއިރު، އެއީ އެތައް ރަށެއްގެ އެތައް ދިވެހީންނެއް ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ. މިކަމުން އެނގެނީ މާލެއަށް ލިބޭ ގެއްލުން، ފެތުރިގެންދާ ގޮތް ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

Ads by HDC
  1. އުވާލާ

    މާލެ ސިޓީ ކައުންސިލް އެއީ ބޭނުން ތަނެއް ނޫނޭ އެތަނުން ކުރި ކަމަކީ ރައްޔިތުންނަށް ދުއްޕާން ކުރުމޭ މާލޭ ދަފްތަރަކީ ސީނާ ޒާހިރު މެން މިނިސްޓަރުންގެ ގޮތުގައި ތިބި އިރު ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ކުރި ވަރަށް މާތް ކަމެކޭ ދަފްތަރު މީހުންނަށް މާލެ ސަރަހައްދުން ގޯތި ދިނުން އެއީ ވެރިންގެ ގަމާރު ކަމުން އެމެންނަށް ނުވި ކަމެކޭ އެކަމަކު މާލެ ސިޓީ ކައުންސިލުން މާލޭގައި ތިބި ގަމާރު ބީތާއިން ބުނެގެން ނުޖެހޭނެއޭ މާލޭ ދަފްތަރު އުވާލަން ރުކުމާ މެން ކިޔެވީ ކޮންތާކުންތޭ މުއިއްޒު އައުޓް މާލެ ސިޓީ ކައުންސިލް އުވާލާ މުއިއްޒު އައުޓް މާލެ ސިޓީ ކައުންސިލް އުވާލާ މުއިއްޒު އައުޓް މާލެ ސިޓީ ކައުންސިލް އުވާލާ މުއިއްޒު އައުޓް މާލެ ސިޓީ ކައުންސިލް އުވާލާ މުއިއްޒު އައުޓް މާލެ ސިޓީ ކައުންސިލް އުވާލާ މުއިއްޒު އައުޓް މާލެ ސިޓީ ކައުންސިލް އުވާލާ މުއިއްޒު އައުޓް މާލެ ސިޓީ ކައުންސިލް އުވާލާ މުއިއްޒު އައުޓް މާލެ ސިޓީ ކައުންސިލް އުވާލާ މުއިއްޒު އައުޓް މާލެ ސިޓީ ކައުންސިލް އުވާލާ މުއިއްޒު އައުޓް މާލެ ސިޓީ ކައުންސިލް އުވާލާ މުއިއްޒު އައުޓް މާލެ ސިޓީ ކައުންސިލް އުވާލާ މުއިއްޒު އައުޓް މާލެ ސިޓީ ކައުންސިލް އުވާލާ މުއިއްޒު އައުޓް މާލެ ސިޓީ ކައުންސިލް އުވާލާ މުއިއްޒު އައުޓް މާލެ ސިޓީ ކައުންސިލް އުވާލާ މުއިއްޒު އައުޓް މާލެ ސިޓީ ކައުންސިލް އުވާލާ