5 ދަރިން މަރާލި މަންމަ "އިއުތަނައިޒް" ކުރަނީ

ބެލްޖިއަމްގެ އަންހެނަކު އޭނާގެ ފަސް ދަރިން މަރާލިތާ 16 އަހަރު ފަހުން "އިއުތަނައިޒް" ނުވަތަ އަމިއްލައަށް އެދިގެން މަރުގެ ހުކުމް އިއްވައިފިއެވެ.
ޖެނެވިވް ލެރްމިޓް އޭނާގެ ފިރިހެން ދަރިފުޅާއި އުމުރުން ތިން އަހަރާއި 14 އަހަރާ ދެމެދުގެ ހަތަރު އަންހެން ދަރިން މަރާލާފައިވަނީ 28 ފެބްރުއަރީ 2007 ގައި ނިވެލްސް އަވަށުގައި، އެކުދިންގެ ބައްޕަ އެހެން ސަހަރަކަށް ގޮސް ހުއްޓައެވެ. އެއަށްފަހު އަމިއްލަ އަށް މަރުވާން މަސައްކަތް ކުރި ނަމަވެސް ނާކާމިޔާބުވެ، އިމަޖެންސީ ހިދުމަތްތަކަށް އެހީއަށް އެދި ގުޅީވެސް އޭނާއެވެ.
އުމުރުން 56 އަހަރުގެ ޖެނެވިވް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2008 ވަނަ އަހަރެވެ. އެހެންނަމަވެސް އޭގެ ފަހުން 2019 ވަނަ އަހަރު އޭނާ ސައިކޭޓްރިކް ހޮސްޕިޓަލަކަށް ބަދަލުކުރިއެވެ.
ބެލްޖިއަމްގައި ގާނޫނުގެ ދަށުން އިއުތަނައިޒް ކުރެވޭނެ މީހުންނަކީ ރަނގަޅު ނުކުރެވޭ ވަރުގެ ހަމައެކަނި ޖިސްމާނީ، ތަކުލީފެއް ނޫނީ "ކެތް ނުކުރެވޭ" ނަފްސާނީ ތަކުލީފެއް ތަހައްމަލު ކުރަމުންދާކަމަށް ބެލެވޭމީހުންނެވެ. މިފަދަ މީހުންނަށް އިއުތަނައިޒް ކުރަން އިހްތިޔާރު ކުރުމުގެ ފުރުސަތު އޮވެއެވެ.
ޝަރީއަތުގައި ޖެނެވިވް ވަކީލުން ވަނީ އޭނާ އަކީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ބަލި މީހެއް ކަމަށާއި އޭނާ ޖަލަށް ނުފޮނުވޭނެ ކަމަށް ބުނެފަ އެވެ. އެކަމަކު ޝަރީއަތުން ޖެނެވިވްގެ މައްޗައް ވަނީ ރޭވިގެން މަރާލި ކަމުގެކުށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
ޔޫތަނައިޒް. ކަންނެތް ނޫސްވެރިކަން
ޔޫރަޕް އަށްވެސް އިއުރަޕް ދޯ ކިޔަންވީ.