އަލިފާން ރޯވި ބޯޓު އަޑިއަށް
އަލިފާން ރޯވި ''އާގަލާ'' ބޯޓު އަނދާހުލިވެ، އަޑިއަށް ހިނގައްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގައި، ލިބުނު ގެއްލުމުގެ ސަބަބުން އެ ބޯޓު މިއަދު 8:20 ހާއިރު ވަނީ އަޑިއަށް ގޮސްފައެވެ.
އެ ބޯޓުގައި އަލިފާން ރޯވެގެން، އެ ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ 02:47 ހާއިރުއެވެ.
އަލިފާން ރޯވުމާއެކު އެ ދޯނީގައި ތިބި 15 މީހުން ވަނީ ކަނޑަށް ފުންމައިލައިފައެވެ.
އޭގެ ތެރެއިން 14 މީހުން ސަލާމަތްކޮށް، މ. މުލީ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އަދި ގެއްލުނު އިންޑިއާ މީހާ ހޯދުމުގެ މަސައްކަތް، ވައިގެ މަގުންނާއި ކަނޑު މަގުން ވަނީ ފަށައިފައެވެ.
Ads by Allied Insurance