ޚަބަރު

ޕައިލިންގެ މަސައްކަތް ކުރަން ހުޅުލޭ އިރުއުތުރު ފަރާތުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން އަންގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޕައިލިން މަސައްކަތް ކުރުމަށް ހުޅުލޭގެ އިރު އުތުރުފަޅީގައި އަޅާފައިވާ ކަނޑު އުޅަނދުފަހަރުތައް ނެގުމަަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު އަންގައިފިއެވެ.

Ads by MWSC

އެމްއޭސީއެލްއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހުޅުމާލޭގެ ފަޅާއި ހުޅުލޭ ފަޅު ވަކިކުރުމަށް ހަރުކޮށްފައި އޮންނަ އޮރެންޖު ބޮއި ސަރަހައްދުގައި ޕައިލިން މަސައްކަތް ކުރިއަށް ގެންދިއުމަށް މިމަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން ނަގަން އެދޭ ކަމަށެވެ.

އަދި އޮރެންޖު ބޮއި އިން ފެށިގެން އުތުރަށް 20 މީޓަރު ނުވަތަ 65 ފޫޓުގެ ދުރުމިނެއް ބަހައްޓަންވާނެ ކަމަށް އެމްއޭސީއެލުން ވިދާޅުވިއެވެ. އަދި އެ ސަރަހައްދުން އުޅަނދުތައް ނުނަގާ ނަމަ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ފުލުހުން އެ ސަރަހައްދުގައި ހުންނަ ކަނޑު އުޅަނދުތައް ނަގާނެ ކަމަށާއި  އެ ސަރަހައްދަށް ވަންނަ އެއްވެސް ކަނޑު އުޅަނދަކަށް ލިބޭ ގެއްލުމަކަށް ޒިންމާ ނުވެވޭނެ ކަަމަށް ވެސް ވިދާޅުވިއެވެ.

Ads by HDC
  1. އެއްލާލާ

    ގާސިމް ހަދަނީ މަކަރާެި ހީލަތޭ ސަރުކާރައި ގުޅިގެން ވަގުޑީލް ހަދަނީއޭ ވަގުޑީލަރޭ ވަގުޑީލަޜޭ ވަގުޑީލަރޭ ވަގުޑީލަރޭ ވަގުޑީލަރޭ ވަގުޑީލަރޭ ވަގުޑީލަރޭ ވަގުޑީލަރޭ ވަގުޑީލަރޭ ވަގުޑީލަރޭ ވަގުޑީލަރޭ ވަގުޑީލަރޭ ވަގުޑީލަރޭ ވަގުޑީލަރޭ ވަގުޑީލަރޭ