ޚަބަރު ޝަރުޢީ ދާއިރާ

ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުންގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވައިލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

6 ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓުންގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވައިލައިފިއެވެ.

Ads by Hajj Corporation

ޖުޑީޝަލް ސާރވިސް ކޮމިޝަނުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވާގޮތުން އިސްމެޖިސްޓްރޭޓުން ހޯދަނީ

1. ށ.ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓް

2.ނ.ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓް

3.ބ.ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓް

4.ވ.ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓް

5.މ.ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓް

6.ގއ.ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓް އަށެވެ.

މި މަޤާމަށް ކުރިމަތިލައްވާ ފަރާތަކީ އެ ޖުޑީޝަލް ދާއިރާގެ ކޯޓެއްގެ އިސް މެޖިސްޓްރޭޓް ނުވަތަ މެޖިސްޓްރޭޓް ނުވަތަ ދާއިރާ މެޖިސްޓްރޭޓްކަމުގެ މަޤާމު އަދާކުރަމުން ގެންދާ ފަރާތަކަށްވާން ވާނެކަމަށާއި، މި މަޤާމަށް އެދި ހުށަހަޅުއްވާނީ މި ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރި ކޮށްކަމަށް ޖޭއެސްސީއިން ވިދާޅުވެއެވެ.

މި މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 21 މާރިޗު 2023 ވަނަ ދުވަހުގެ މެންދުރު 12:00 ކަމަށްވެސް ޖޭއެސްސީގެ އިޢުލާނުގައި ވެއެވެ.

މީގެ އިތުރުން ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފައެވެ. ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި ހާތިފް ހިލްމީ ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!