ޚަބަރު

އުންމީދަކީ ރޯދަމަހަށް ވިލިމާލޭގެ ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެންދިޔުން: މުޢިއްޒު

ރައުފާ ރަޝީދު ، ދެން އޮންލައިން

އުންމީދަކީ ރޯދަ މަހަށް ވިލިމާލޭގެ ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެން ދިއުން ކަމުގައި މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

މޭޔަރު މިފަދައިން ވިދާޅުވީ މާލެސިޓީ ކައުންސިލުން ވިލިމާލޭގައި ޤާއިމްކުރި ވަގުތީ ލޯކަލް މާރުކޭޓުގައި ފަންކާ ހަރުކުރުމުގެ އިތުރުން މާރުކޭޓު ބޭރުގަ ދާޖެހުމުގެ މަސައްކަތް މިއަދު ކައުންސިލުން ފެށުމާއިގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މޭޔަރު ވިދާޅުވީ ވިލިމާލެ ރައްޔިތުން އެދުނުގޮތަށް މަސައްކަތް ކުރިއަށް ދާކަމަށާއި، އުންމީދަކީ މިކަމުގެ ސަބަބުން ކުރިއަށްއޮތް ރޯދަމަހަށް ވިލިމާލޭގެ ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެން ދިއުންކަމަށެވެ.

ވިލިމާލެ ރައްޔިތުން އެދުނުގޮތަށް މަސައްކަތް ކުރިއަށް ދަނީ. އުންމީދަކީ މިކަމުގެ ސަބަބުން ކުރިއަށްއޮތް ރޯދަމަހަށް ވިލިމާލޭ ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެން ދިއުން

މާލެސިޓީ ކައުންސިލުން ވަނީ ހަތަރު މަސްދުވަހަށް ވިލިމާލޭގެ މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކަށް ކުލި މާފުކޮށްދީފައެވެ. މާލެ ސިޓީ ކައުންސިލުން މިގޮތަށް ނިންމީ ވިލިމާލޭގެ ލޯކަލް މާރުކޭޓަކީ އަލަށް އެރަށުގައި ޤާއިމު ކުރެވުނު ތަނަކަށް ވުމާއިއެކު ގޮޅި ހިންގާ ފަރާތްތަކަށް ލުޔެއް ދިނުމުގެ ބޭނުމުގައެވެ. އަދި މާލޭގައި މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކަށް ލުޔެއް ދޭން ނިންމާފައިވަނީ ތަކެތީގެ އަގުތައް މައްޗަށް ދިއުމާއި މާރުކޭޓު ހިންގާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކާއި ގުޅިގެންކަމަށް މޭޔަރ މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ވިލިމާލޭގެ އިތުރުން މާލޭގެ މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކަށް މާލެ ސިޓީކައުންސިލުންވަނީ ލުއިތަކެއްދީފައެވެ. މިފަދަ ލުއިތަކެއްދޭން ކައުންސިލުން ނިންމާފައިވަނީ އެފަރާތްތަކުންވެސް މިފަދަ ލުޔެއް ބޭނުންވެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!