Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވައިފި

ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވައިފި

ގއ.ފަރެސްމާތޮޑާގައި ސަރުކާރުން ޤާއިމްކުރި އެއާޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ހުޅުވައި ދެއްވައިފިއެވެ.

އެ މަނިކުފާނުން އެ އެއާޕޯޓް ހުޅުވައިދެއްވީ، އެކަމަށްޓަކައި ރޭ އެރަށުގައި ބޭއްވި ރަސްމިޔާތުގައެވެ.

ރޭ ހުޅުވި އެއާޕޯޓުގެ ޚިދުމަތްތައް ބުރާސްފަތި ދުވަހުން ފެށިގެން ފެށުމަށް ހަމަޖެހިފައިވާއިރު، ހަފްތާއަކު ދެ ފްލައިޓް އެ އެއާޕޯޓަށް ޖެއްސުމަށް ހަމަ ޖެހިފައިވެއެވެ.

Advertisement
Allied Insurance — Square (box)

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ތަރައްޤީ ކޮށްފައިވާ ފަރެސްމާތޮޑާ އެއަރޕޯޓު ތަރައްގި ކުރުމުގެ މަޝްރޫޢުގެ ދަށުން ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ޤާއިމްކޮށް، ފަޔަރ ބިލްޑިންގ އެއް އިމާރާތް ކޮށްފައިވެއެވެ.

އަދި އައު ޓާރމިނަލް ބިލްޑިންގ އެއް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެ ކުންފުންޏާ މި މަޝްރޫޢު ހަވާލު ކޮށްފައިވަނީ 144.8 މިލިއަން ރުފިޔާއަށް 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

އެއާޕޯޓުގައި ޤާއިމުކޮށްފައިވަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ފެށީ 2021 ވަނަ އަހަރުގެ ކުރީކޮޅުއެވެ.

 

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް