Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ސަރުކާރު

ފަރެސްމާތޮޑާ އެއާޕޯޓުގައި ޓެސްޓިން ފުލައިޓް އަންނަަ ހޯމަ ދުވަހު 3:45 ގައި ޖައްސާނެ!

ފަރެސްމާތޮޑާ އެއާޕޯޓުގައި ޓެސްޓިން ފުލައިޓް އަންނަަ ހޯމަ ދުވަހު 3:45 ގައި ޖައްސާނެ!

ގދ. ފަރެސްމާތޮޑާ ގައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓަށް އަންނަ ހޯމަ ދުވަހު ޓެސްޓު ފްލައިޓު ޖެއްސުމަށް ނިންމައިފިއެވެ.

ފަރެސްމާތޮޑާ އެއާރ ޕޯޓުގެ ފޭސްބުކް ޕޭޖުގައި ބުނެފައިވާގޮތުން ފަރެސްމާތޮޑާ އެއަރޕޯޓަށް ޓެސްޓު ފުލައިޓްގެ ގޮތުގައި ޖައްސާނީ މޯލްޑިވިއަންގެ ފުލައިޓެކެވެ.

"މާރޗުމަހުގެ 13 ވަނަ ދުވަހު މެންދުރު ފަހު03:45 ގައި ﷲ އިރާދަކުރެއްވިއްޔާ ފަރެސްމާތޮޑާ އެއަރޕޯޓަށް ޓެސްޓު ފުލައިޓް ޖައްސަން މިހާރުވަނީ ފައިނަލް ކުރެވިފައި ޖައްސާނީ މޯލްޑިވިއަންގެ ފުލައިޓް ނަންބަރ Dash-8 300" ފަރެސްމާތޮޑާ އެއާރ ޕޯޓުގެ ފޭސްބުކް ޕޭޖުގައި ބުނެފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

ފަރެސްމާތޮޑާ އެއާޕޯޓަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ 2020 ގެ ނޮވެމްބަރުގަ އެވެ. މި އެއާޕޯޓްގައި އޮންނާނީ 1،200 މީޓަރުގެ ރަންވޭއެކެވެ. އެމްޓީސީސީއާ ފަރެސްމާތޮޑާ އެއާޕޯޓް ހަވާލުކުރީ 144.8 މިލިއަން ރުފިޔާއަށެވެ. އަދި އެތަނުގެ އަމަލީ މަސައްކަތް ފެށީ 2021 ގެ ކުރީކޮޅުއެވެ.

ރާއްޖޭގެ ކޮންމެ ރަށަކުން ލޯންޗެއްގައި 30 މިނެޓުން ދަތުރުކޮށް ދެވޭހާ ކައިރީގައި އެއަރޕޯޓެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މުހިއްމު ވަޢުދެކެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް