ޚަބަރު

ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ހުޅުވަން ރައީސް ޞާލިޙް މާދަމާ އެރަށަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމްޓީސީސީއާ ހަވާލުކޮށްގެން ތަރައްގީކުރި ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ހުޅުވަން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެރަށް މާދަމާ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by STELCO

މާދަމާ އެއަރޕޯޓް ރަސްމީކޮށް ހުޅުވުމުގެ ގޮތުން ޚާއްސަ ހަފްލާއެއް އެރަށުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އިއްޔެ ހަވީރު އެރަށަށް ވަނީ ޓެސްޓް ފްލައިޓްތައް ޖައްސާފައެވެ. ޤައުމީ އެއަރލައިނުން ބޭއްވި މި ޓެސްޓް ފްލައިޓްތަކުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓާއެކު ގދގައި ޖުމްލަ ތިން އެއަރޕޯޓެއް އޮޕަރޭޓް ކުރާނެއެވެ.

ތަފާތު ޑިޒައިނަކަށް ޓާމިނަލް ހަދާފައިވާ ފަރެސްމާތޮޑާ އެއާޕޯޓަކީ 1،200 މީޓަރުގެ ރަންވޭގެ އެއާޕޯޓެކެވެ. އެމްޓީސީސީއާ ފަރެސްމާތޮޑާ އެއާޕޯޓް ހަވާލުކުރީ، 2021 ވަނަ އަހަރުގެ ކުރީކޮޅު 144.8 މިލިއަން ރުފިޔާއަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!