މުނިފޫހިފިލުވުން

ނިއުމާގެ ބަސް: 365 ޑޭސް ބަލަން އޯކޭ، އެކަމު ދިވެހި އެއްޗެއްގެ ބުނާ އަޑު އަހާ ނުލެވޭ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މި ދުވަސްކޮޅު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ ދިވެހި ވެބްސީރީސް އެއްކަމަށްވާ 'އެހެނަސް' ގައި ބޭއަދަބީ ބަސްތަކެއް ބޭނުން ކޮށް ދިވެހި މުޖުތަމައުއާއި ނުގުޅޭ މަންޒަރުތަކާއި އަޑުތައް އެކުލެވޭކަމަށް ބުނާ މައްސަލައެވެ. ރަވީ ފާރޫޤް ޑައިރެކްޓުކޮށް ބައިސްކޯފުން ގެނެސްދޭ މި ވެބްސީރީސް އާ ގުޅިގެން ތަފާތު އެކި މީހުން އެމީހުންގެ ހިޔާލު ފާޅުކުރަމުން އަންނައިރު ދިވެހި ފިލްމީ ދާއިރާގައި އެންމެ ގިނަ ދުވަސްވީ އެއްތަރި ކަމަށްވާ ނިއުމާ މުހައްމަދު ވެސް މިވަނީ އެކަމާ ގުޅިގެން އޭނާގެ ޝުއޫރުތައް ހިއްސާކޮށްފައެވެ.

Ads by Sosun Fihaara

އެގޮތުން ނިއުމާ އޭނާގެ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ދިވެހިން އާންމު ގޮތެއްގައި ބަލާ އުޅެނީ ކޮންކަހަލަ އެއްޗެހިކަން ނެޓްފްލިކްސްގެ ޓޮޕް 10 އެއް ބަލާލީމާ ވެސް އެނގޭނެ ކަމަށެވެ.

އަދި ނިއުމާ ވަނީ ނެޓްފްލިކްސްއިން ދާދި ފަހުން މަގުބޫލުކަން ހޯދީ '356 ޑޭސް' އާ އެހެނަސް އާ އަޅާ ކިޔާފައެވެ.

" 365 ޑޭސް ބަލަން އޯކޭ އެކަމު ދިވެހި ސީރީސް އެއްގަ އަނގައިން ބުނެލާ އެއްޗެއް އަޑު އަހާ ނުލެވޭ" ނިއުމާ ބުނެފައިވެއެވެ.

އެހެނަސް ގައި އެކުލެވޭ އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު މަންޒަރުތަކާއި ގުޅިގެން ދެކެވުނު ވާހަކައާ ގުޅިގެން އެހެނަސް ގެ ސީރީޒްގެ އެއް ލީޑް އެކްޓްރެސް އައިޝަތު ރިޝްމީ ވެސް ވަނީ މިކަމާ ގުޅިގެން މީސް މީޑިއާގައި މީގެ ކުރިން ވާހަކަ ދައްކާފައެވެ.

އެގޮތުން އޭނާއަކީ އާއްމުންނަށް ދަންނަ މޫނަކަށް ވާތީ، އަބަދުވެސް އެންމެ އިސްކަމެއް ދީފައި ވާނީ އަޚުލާޤީ މިންގަނޑު ދެމެހެއްޓުމަށް ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ކުރިއަށް ދާނީ އެގޮތަށް ކަމަށް ރިޝްމީ ބުނެފައިވެއެވެ. އަދި އޭނާ އާއްމުންގެ ތެރޭގައި އުޅޭ ގޮތާއި އުޅުން ބަހައްޓާ ގޮތަކީ އޭނާގެ އަސްލު ޕާސަނަލިޓީ ކަމަށާއި އެކްޓު ކުރާއިރު އެފެންނަ ފެނުމަކީ ހަމައެކަނި އޭނާ ކުޅެފައިވާ ރޯލެއް ކަމަށް ވެސް ރިޝްމީ ބުނެފައިވެއެވެ.

"މިއީ 18 އަހަރުން މަތީގެ މީހުންނަށް އުފައްދާފައިވާ ވެބްސީރީޒެއް. އަދި ކޮންމެ އެޕިސޯޑެއް ފެށުމުގެ ކުރިން އޭގެން ދައްކާ ބައެއް މަންޒަރުތަކުގެ ސަބަބުން ބައެއް މީހުންނަށް އަސަރު ކޮށްފާނެ ކަމަށް އިންޒާރެއް ވެސް ވާނީ އަރުވާފަ. މިސީރީޒްގައި ދައްކުވައި ދެނީ ޒުވާން ފިރިހެނަކަށް ކުރިމަތިވާ ގިނަ ކަންތައްތަކެއް. އާއްމު ދިރިއުޅުމުގައި ވެސް ދިމާވެފައިވާ ވަރަށް ގިނަ ކަންތައްތަކަކަށް ލިޔުންތެރިޔާ އައިކިޔު މިސީރީޒްގައި އަލި އަޅުވާލާފައިވާނެ. ބޭނުމަކީ މުޖުތަމައު ހޭލުންތެރި ކުރުވުމަށް މިސީރީޒްގެ އަލީގައި މެސެޖެއް ދިނުން" ރިޝްމީ ބުނެފައިވެއެވެ.

މީސް މީޑީއާގައި ދައުރުވަމުން އަންނަ އެހެނަސް ގެ ތިރީސް ސިކުުންތުގެ ކްލިޕެއްގައި ސީރީޒްގެ އެއް ލީޑް އެކްޓްރެސް އައިޝަތު ރިޝްމީ ބޭނުން ކޮށްފައިވާ ޑަޔަލޮގުތަކަށް ވަރަށް ގިނަ ބެލުންތެރިން ވަނީ ފާޑުކިޔާ ނުރުހުން ފާޅު ކޮށްފައެވެ. ގިނަ މީހުން ބުނެފައިވާ ގޮތުގައި އެއީ އާއްމު އަޚްލާގީ މިންގަނޑާއި ޚިލާފު، ފާހިޝް ވާހަކަތަކަކަށް އަލި އަޅުވާލާފައިވާ ޑަޔަލޮގެކެވެ. އަދި އެއީ އާއިލާއެއްގެ ތެރޭގައި ބަލަން ނުވާވަރުގެ ސިރީޒެއް ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ. އަދި ރިޝްމީގެ ކެރެކްޓަރާއި ބެހޭގޮތުން ވެސްް ގިނަ ބަޔަކު ވަނީ އިނގިލި ދިއްކޮށް ނުރުހުމުގެ ބަސްތައް އަމާޒު ކޮށްފައެވެ.

އަދި ދިވެހި ބަހުން އުފައްދާ ފިލްމު ތަކުގެ އޯޑިއަންސަކަށް ވާނީ ދިވެހިން ކަމަށާއި ދިވެހި ފިލްމު އިންޑަސްޓްރީން އުފައްދާ ފިލްމު,ޑުރާމާތައް ވާން ވާނީ ދިވެހިންގެ ދީނާއީ ، ދިވެހި މުޖުތަމައާއި ދިވެހިންގެ ޘަޤާފަތާއި ގުޅޭ އެކަށީގެންވާ ފިލްމު ތަކަކަށް ކަމަށް ވެސް އާންމުން ބުނެފައިވެއެވެ.

 

Ads by Ooredoo
  1. ޓަކި މޫނާ

    365 ޑޭސް އަކީ ދިވެހިން ނޫނީ މުސްލިމުން ނެރުނު އެއްޗެއްތަ؟ އަހަރުން މި ދައްކަނީ މުސްލިމުންތަކެއް ނެރެގެން އުޅޭ ދަށުދަރަޖާގެ ސީރީސް އެއްގެ ވާހަކައޭ.

    • ބަލަންޖެހޭ ކިޔަންޖެހޭ

      މުސްލިމުންނާ ދީނޭ ކިޔާފަ އެންމެ ބާރަށް ގޮވާމީހުން ތިއެއްޗެހި ބަލާފަ ހުންނަނީ. ތިހާ މާތް މީހުން ތިވަރު އެއްޗެހި ބަލާފަ ކޮމަންޓް ކުރާތީދެރައީ. އަހަރުން މި ދައްކަނީ މުސްލިމުންތަކެއް އެވަރު އެއްޗެއް ބެލީމަނޫންހޭ ފެންނާނީ.. ޓަކި މޫނާ ދެންޖެހުނު މޫނުތައްވެސް ކޮންމެ ކަމަކަަށް ދީން ތިވައްދަނީ ހަތިޔާތަކަށް…

      • އެކުޓަރު އަންހެންދޮޅާ

        ބަލަންޖެހޭ ކޔަންޖެހޭ ތި މުސްލިމުމީހާ ނެތީތަ

      • މުޙައްމަދު

        ބަލަ މުސްލިމަކަށް ދީނަކީ ޙަޔާތުގެ ހުރިހާ ވަގުތަކާ ގުލހިފަިއިވާ އެއްޗެއްކަން ނޭނގެނީތަ؟

    • 2 ޓަކި

      ރަނގަޅު ވާހަކައެއް

  2. ޓުކުރި

    365 ކުޅުނީ އެއްވެސްދީނެއް މިއްލަތެއް ގަބޫލްނުކުރާ ބައެއް. ޢެހެނޭކިޔާފަ ގުއިމިރުސް ނިއުމާ އާ ރިސްމީ މުސްލިމުންގޮތުގަ ތިބެ ކުރެވެން ނުޖެހޭ ކަންތައް ކުރެވެންޏާ ބުނާނެ ދޯ. ދެން ބުނެލަންއޮތީ މިއީ ބައި މިލިޔަން ހަމަނުވާ ނަމުން ނަމަވެސް މުސްލިމުން އުޅޭ ތަނެކޭ ލާހިކުނޫނޭ ތިޔަކަހަލަ އެއްޗިސް ވައިގަ ހިފުވާކަށް

  3. ޕިޔާރު

    މީހުން ރާވެސް ބޮއި. ނިއުމާ ދާންވީނު ރިޝްމީ ގޮވަިގެން ރާބޯން….. އޭތި ހަމަ ކަޑައޭ