ދުނިޔެ

ކޮރޯނާއަކީ އެމެރިކާއިން އުފެއްދި ބައޮލޮޖިކަލް ހަތިޔާރެއް!

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަކީ އެމެރިކާއިން ޗައިނާއާއި އީރާނާ ދެކޮޅަށް އުފެއްދި ހަތިޔާރެއް ކަމަށް އީރާނުން ބުނެފިއެވެ.

Ads by Sosun Fihaara

އީރާންގެ ރިވޮލިއުޝަނަރީ ގާޑްސްގެ އިސްވެރިޔާ ހުސެއިން ސަލާމީ ބުނީ އީރާނަށް ސިހުން ގެނުވި ވައިރަހަކީ އެމެރިކާގެ ބައޮލޮޖިކަލް ހަތިޔާރެއް ކަމަށެވެ.

"އަހަރެމެން މި ވައިރަހާ ދެކޮޅަށް މި ކުރާ ހަނގުރާމަ ކާމިޔާބު ކުރާނަން. މިއީ އެމެރިކާގެ ބައޮލޮޖިކަލް ހަތިޔާރެއް. މި ވައިރަސް އެންމެ ފުރަތަމަ ފެތުރުނީ ޗައިނާއަށް. ދެން އީރާނަން. ދެން މުޅި ދުނިޔެއަށް." ސަލާމީ ވިދާޅުވިއެވެ.

އޭނާގެ މި ތިއެރީ އަށް ސަޕޯޓު ކުރާ އެއްވެސް ހެއްކެއް އަދި ފެންނަން ނެތް އިރު، ސައިންސްވެރިން ބުނާ ގޮތުގައި މި ވައިރަސް ފެތުރުނީ ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށެވެ.

"މިއަދު މި ގައުމު މިއޮތީ ބައޮލިޖިކަލް ހަނގުރާމައެއްގެ ތެރޭގައި. މި ހަނގުރާމަ އަހަރެމެން ކާމިޔާބު ކުރާނަން. އެމެރިކާއަށް އެނގެން ޖެހޭނެ މިކަން ކުރީ އެ މީހުންކަން. މި ވައިރަސް އެމެރިކާއަށް އެނބުރި ދާނެ." ސަލާމީ ވިދާޅުވިއެވެ.

ގާޑްގެ މެމްބަރުން މި ގެންގުޅޭ އެމެރިކާއާ ދެކޮޅު ތިއެރީތަކަކީ މި އަހަރުގެ ޖެނުއަރީ މަހު އީރާނުގެ އިސް ޖެނަރަލެއް ކަމަށްވާ ގާސިމް ސުލެއިމާނީ މަރާލުމާ ގުޅިގެން ދެކެވޭ ވާހަކަތަކެއް ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސިލެއިމާނީ މަރާލާފައި ވަނީ އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!