ޚަބަރު

ފައިހް އަމިއްލަ އަށް ފުލުހުންނާ ހަވާލުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހޯދަމުންދިޔަ ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމު އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެއެވެ.

Ads by Sosun Fihaara

ފައިހް ހޯދަން ފުލުހުން އިއުލާނު ކުރީ ފެބްރުއަރީ 15 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ ފައިހް އަމިއްލައަށް ފުލުހަަށް ހާޒިރުވުމުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. މާލޭގައި މިއަދު ހަވީރު ހިންގި އޮޕަރޭޝަނަކީ ވެސް ފައިހު ހޯދުމަށް ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެ އެވެ.

ފައިހް ފިލުވުމުގެ ތުުހުމަތުގައި ފަސް މީހަކު ހައްޔަރުކުރި ނަމަވެސް ކޯޓުން ވަނީ ދެ މީހަކު ދޫކޮށްލާފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!