ޚަބަރު

މި ރޯދަ މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ އޮންނާނެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ފޯރަމްތައް މިރޭ ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by STELCO

މި އަހަރު ޖުމްލަ 17 އިޙްޔާ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މާލޭގައި ނުވަ ޕްރޮގްރާމާއިި އަތޮޅު ތެރޭގައި އަށް ޕްރޮގްރާމް ކުރިއަށް ގެންދާނެއެވެ.

މިރޭ ބާއްވާ ފުރަތަމަ ފޯރަމްގައި ތަޤުރީރު ކުރައްވާނީ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީއާއި އައްޝައިޚް ޙަސަން ލަޠީފް މޫސާއެވެ. މިރޭގެ ފޯރަމްގެ މައުޟޫޢުއަކީ ”ހެޔޮ ބަދަލަކަށް ރަމަޟާން”އެވެ.

އަތޮޅުތަކުގައި ބާއްވާ އެންމެ ފުރަތަމަ އިޙްޔާ ޕްރޮގްރާމް އޮންނާނީ އައްޑޫ ސިޓީގައެވެ. އައްޑޫ ހައި ސްކޫލްގައި އޮންނަ ފޯރަމްގެ މައުޟޫއަކީ ”ލޮބުވެތި ނަބިއްޔާގެ ޙަޔާތްޕުޅުން” މިއެވެ.

އައްޑޫ ސިޓީގައި ފުރަތަމަ ރޭ ތަޤްރީރުކުރައްވާނީ އަލްއުސްތާޛް މުޙައްމަދު އަނީލް އަދި ޑރ. ޢަލީ ޒާހިރުއެވެ.

މާލޭގައި އިޙްޔާ ޕްރޮގްރާމްތައް ބާއްވާނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހެއްގެ ރޭ 21:30ގައި އިސްލާމީ މަރުކަޒުގެ ހޯލްގައެވެ. އަދި އަތޮޅުތަކުގައި ހުކުރު އަދި ހޮނިހިރު ދުވަހުރޭ ރޭގަނޑު 21:30ގައެވެ.

Ads by HDC
  1. ޢަހު

    ލާދީނީ ސަރުކާރު ޕޮރޮމޯޓް ކުރާ ޝެއިޚުންނާ ދޭތެރޭ ވިސްނަންޖެހޭ