ޚަބަރު

ރައްޔިތުންގެ އަމާންކަން ޔަގީން ކޮށްދިނުމުގައި އިމްރާން ފެއިލްވެއްޖެ، އިސްތިއުފާދީ: ޑީއާރުޕީ

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންނަށް އަމާންކަން ޔަގީންކޮށްދިނުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފެއިލްވެއްޖެ ކަމަށް ގަބޫލުކޮށް ވަގުތުން އިސްތިއުފާދިނުމަށް ޑީއާރުޕީން ގޮވާލައިފިއެވެ.

Ads by Sosun Fihaara

ކާށިދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުﷲ ޖާބިރު ލީޑަރުކަން ކުރައްވަމުން ގެންދަވާ ޑީއާރުޕީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ފަހަކަށް އައިސް ފޭރުމުގެ ހާދިސާތައް އިތުރުވެ، ރާއްޖެ އަންނަ ފަތުރުވެރިންނަށްވެސް ބިރުވެރި ހާލަތަކަށް ގައުމު ގޮސްފަައިވާ ކަމަށެވެ. އަދި އަމަަން އަމާންކަން ގާއިމުކޮށްދިނުމުގައި ކަމާބެހޭ މިނިސްޓަރު ފެއިލްވެފައިވާ ކަމަށެވެ.

"ރައްޔިތުންނަށް އަމާންކަން ޔަގީންކޮށްދިނުމުގައި ހޯމް މިނިސްޓަރު އިމްރާން ފެއިލްވެއްޖެ ކަމަށް ގަބޫލުކޮށް ވަގުތުން އިސްތިއުފާދިނުމަށް ގޮވާލަން." ޑީއާރުޕީގެ ޓްވީޓްގައިވެއެވެ.

މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވި ޖާބިރު މިފަހުން ސަރުކާރަށް ވަރަށް ބޮޑަށް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. އެގޮތުން އޭނާ ވަނީ ވަރަށް ގިނަ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ރައީސް ސޯލިހާއި ރައީސް ނަޝީދުގެވެސް އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅުއްވާނެ ކަަމަށް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!