ޚަބަރު

މޮޓޯކޭޑަށް ހުރަސް އެޅި އައްބާސްގެ ބަންދަށް ފަސް ދުވަސް!

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙުގެ މޮޓޯކޭޑަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޕީޕީއެމްގެ އެކްޓިވިސްޓް އައްބާސްގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

Ads by MWSC

ޕީޕީއެމުން މިއަދު ބުނީ ރައީސް ޞާލިޙްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި ހައްޔަރުކުރި އައްބާސްގެ ބަންދަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.

މައްސަލައާ ގުޅިގެން ފަސް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އަންހެނަކާއި ހަތަރު ފިރިހެނުންނެވެ. އޭގެތެރެއިން ދެ މީހެއްގެ ބަންދަށް ފަސް ދުވަސް އަދި އަނެއް ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ މޮޓޯކޭޑަށް ހުރަސް އަޅާފައިވަނީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ދޮރުމަތިން ދަތުރު ކުރަމުން ދަނިކޮށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!