ދުނިޔެ

އިންޑިއާއިން ކެނެޑާގެ ސަފީރު ހާޒިރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާއިން އާދީއްތަ ދުވަހު ކެނެޑާގެ ހައިކޮމިޝަނަރު ހާޒިރުކުރީ ކެނެޑާގައި ސިކް މުޒާހަރާކުރާ މީހުންނާއި އިންޑިއާގެ ޑިޕްލޮމެޓިކް މިޝަން އާއި ކޮންސިއުލޭޓްތަކުގެ ސެކިއުރިޓީ އަށް އަރައިގަތުމުގެ ހުއްދަ ދިން ގޮތާ މެދު "ވަރުގަދަ ކަންބޮޑުވުމެއް" ފާޅުކުރުމަށެވެ.

Ads by Sosun Fihaara

ކެނެޑާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ހޮނިހިރު ދުވަހު ވެންކޫވާގައި ހުންނަ އިންޑިއާގެ ކޮންސިއުލޭޓް ކުރިމައްޗަށް އެތައް ސަތޭކަ ބަޔަކު އެއްވެފައި ވަނީ މިނިވަން ސިކް ދައުލަތެއް ހޯދުމަށް ގޮވާލައި އެވެ.

ކެނެޑާއަކީ އެމީހުންގެ އުފަން ސްޓޭޓް ކަމަށްވާ ޕަންޖާބުން ބޭރުގައި އެންމެ ގިނަ އިން ސިކް މީހުން ދިރިއުޅޭ ގައުމެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޑިޕްލޮމެޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޑިޕްލޮމެޓިކް ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ކެނެޑާ ސަރުކާރުން އަޅާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އިންޑިއާގެ ފުލުހުން މިހެން ބުނެފައި މިވަނީ 1980 އާއި 1990 ގެ އަހަރުތަކުގެ ކުރީކޮޅު އެތައް ހާސް ބަޔަކު މަރުވި ހަމަނުޖެހުންތަކަށް އެނބުރި އަންނާނެ ކަމުގެ ބިރު ހީވެފައިވާ، މިނިވަން ސިކް ގައުމެއްގެ ވާހަކަތައް އަލުން ފަށައި، ސިކް ދީނީ އިލްމުވެރިޔާ އަމްރިތުޕާލް ސިންގް ހޯދުމުގެ މަސައްކަތް މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ސިންގް އާއި އޭނާގެ ސަޕޯޓަރުން މަރާލަން އުޅުމާއި ގާނޫނު ތަންފީޒު ކުރުމަށް ހުރަސް އެޅުމާއި ހަމަނުޖެހުން އުފައްދަން އުޅުނު ކަމަށް ފުލުހުން ތުހުމަތު ކުރާ އިރު، މިދިޔަ ހަފުތާއިން ފެށިގެން އޭނާ ފިލައިގެން އުޅެނީ އޭނާގެ މޮޓޯކޭޑް ބްލޮކްކޮށް އޭނާ ހައްޔަރު ކުރަން އޮފިސަރުން މަސައްކަތް ކުރުމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!