ޚަބަރު

ބްރިޖު ކައިރީ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސް!

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލެއިން ސިނަމާލެ ބުރިޖަށް އަރާ ސަރަހައްދުގައި ހުންނަ ޓްރެފިކް ލައިޓު ކައިރިން ވޭނަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، އަނިޔާވި ފަރާތުގެ ހާލު އަދިވެސް ސީރިއަސް ކަމަށް އާއިލާއިން ބުނެފިއެވެ.

ފުލުހުން ވިދާޅުވީ ރޭ ދަންވަރު 02:30 ގައި ވޭނަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާދެމުން އަންނަނީ 26 އަހަރުގެ ދިވެހި ފިރިހެނަކަށްކަމަށެވެ. އަދި މި ޒުވާނާއަކީ ސައިކަލް ދުއްވަން އިން މީހާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

އަނިޔާވި ޒުވާނާގެ އާއިލާއިން ބުނި ގޮތުގައި އެކްސިޑެންޓުގައި އޭނާގެ ކަނާއަތް ދެތަނުން ބިންދައިގެން ގޮސް، ފައިގެ އިނގިލިތަށްވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ. އަދި ސިކުނޑިއަށްވެސް ކޮންމެވެސް ވަރަކަށް ލޭއެޅިފައިވާ ކަމަށް އާއިލާއިން ބުންޏެވެ.

މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!