ދެން ރެސިޕީ | ޕިއްޒާ ބޯލްސް

ބޭނުންވާ ތަކެތި:
2 ޖޯޑު ފުށް
1 މޭޒުމަތީ ސަމުސާ ޑްރައި ޔީސްޓް
1 މޭޒުމަތީ ސަމުސާ ތެޔޮ
1 މޭޒުމަތީ ސަމުސާ ހަކުރު
ރަހަލާވަރަށް ލޮނު
ތާފަނާ ފެންފޮދެއް
ޕިއްޒާ ސޯސް
މޮޒަރެއްލާ ޗީޒް (ގާނާފައި)
ޕެޕަރޯނީ މީޓް ނުވަތަ ބޭނުން ވައްތަރެއްގެ މަހެއް
1 ބިސް (ގިރާލާފައި)
ކުޑަ ސެސަމީ ސީޑްސް ކޮޅެއް
ތައްޔާރުކުރާނެ ގޮތް:
ތާފަނާ ފެންފޮދެއްގައި ޔީސްޓް އެކްޓިވޭޓް ކުރުމަށް ފަހު، ފުއް، ތެޔޮ، ހަކުރު، ލޮނު އަދި ފެން އެޅުމަށް ފަހު ރަނގަޅަށް މޮޑެލާށެވެ. ރަނގަޅަށް މޮޑެވުމުން ފުށްގަނޑު ކޮންޓެއިނަރަކަށް ލައިފައި މަތީގައި ފޮތިކޮޅެއް އަޅާފައި ބަހައްޓާށެވެ.
ޕިއްޒާ ސޯސް، ޗީޒް އަދި މަސްކޮޅު ރަގަނޅަށް އެއްކުރުމަށް ފަހު ގުޅަ ހަދާލާށެވެ. ކުރިން މޮޑެފައި ހުރި ފުށްގަނޑުން ގުޅަ ހެދުމަށް ފަހު، މި މަސް ގުޅަތައް ފުށްގަނޑު ތެރެއަށްލާފައި ގުޅަ ހަދައިލާށެވެ.
ބޭކިންގް ޓްރޭއެއްގައި މި ގުޅަތައް ކައިރި ކައިރީގައި އަތުރާލާށެވެ. ކޮންމެ ގުޅައެއްގެ މަތީގައި ބިސް ހާކާލުމަށް ފަހު ކުޑަ ސެސަމީ ސީޑްސް ކޮޅެއް ބުރުވާލާށެވެ.
އަވަން 200 ޑިގްރީ ސެލްސިއަސްއަށް ހޫނު ކުރުމަށްފަހު ފިހެލާށެވެ. މި ގުޅަތަކަށް ގޯލްޑަން ބުރައުން ކުލަ އަރަންދެން ފިހެލަންވާނެއެވެ.