ކުޅިވަރު

ކޮވިޑް-19: ޕްރިމިއަރ ލީގުގައި މެޗު ފެށުމުގެ ކުރިން ކުޅުންތެރިން ސަލާމް ކުރުން މަނާ ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އިނގިރޭސި ޕްރިމިއަރ ލީގުގައި މެޗު ފެށުމުގެ ކުރިން ކުޅުންތެރިން ސަލާމް ކުރުން މަނާ ކޮށްފިއެވެ.

Ads by Sosun Fihaara

މިކަން ލީގުގެ 20 ކްލަބަށް އަންގައި ޕްރިމިއަރ ލީގުން ބުނީ އެއްވެސް ކުލަބަކަށް ވައިރަހުގެ އަސަރުކޮށްފި ނަމަ ލީގު ކުރިއަށް ގެންދަން އުނދަގޫވާނެ ކަމަށެވެ.

"ކުޅުންތެރިންނާއި އޮފިޝަލުންނާ ދެމެދު ކުރެވޭ ފެއަރ ޕްލޭ ސަލާމް ކުރުން މި ހަފްތާގެ މެޗުތަކުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް މަނާ ކޮށްފީމެވެ." ޕްރިމިއަރ ލީގުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ ކޮރޯނާ ވައިރަސް ފެތުރެނީ އަނގައިންނާއި ނޭފަތުން ފަތުރާ ޖަރާސީމުން ކަމަށް ވާއިރު، ސަލާމް ކުރާ ގަޑީގައި ޖަރާސީމު ފެތުރުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ.

އެ ލީގުން ބުނީ ސަލާމް ކުރުން ހުއްޓާލި ނަމަވެސް މެޗު ފެށުމުގެ ކުރިން ހިނގާ ހުރިހާ ކަމެއް އަދިވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެއް ސަފަކަށް އެތުރި ސަލާމް ނުކޮށް އިދިކޮޅު ޓީމުގެ ކުޅުންތެރިޔާގެ ކުރިމަތިން ހިނގާނެ ކަމަށް ބުނެއެވެ.

ޕްރިމިއަރ ލީގާއި އެހެން ލީގުތަކުގެ ބައެއް ކްލަބުތަކުން ވަނީ ޓްރެއިނިންގައި ވެސް ކުޅުންތެރިންނާ ސަލާމް ކުރުން މަނާ ކޮށްފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!