ދުނިޔެ

އިންޑިއާގައި ފުރަތަމަ ފަހަރަށް އެޕަލްގެ ސްޓޯރެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެޕަލް އިންކް (އޭއޭޕީއެލް. އޯ) ގެ ފުރަތަމަ ރަސްމީ ރީޓެއިލް ސްޓޯރު އިންޑިއާގެ މާލީ މަރުކަޒު ކަމަށްވާ މުމްބާއީގައި ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް އައިފޯން އުފައްދާ ކުންފުނިން ބުދަ ދުވަހު ބުނެފި އެވެ.

Ads by Sosun Fihaara

ކެލިފޯނިއާގެ ކުޕާޓީނޯ ކުންފުނިން އިންޑިއާގައި އޮންލައިން ރީޓެއިލް ސްޓޯރެއް ތައާރަފްކުރީ 2020 ވަނަ އަހަރު އެވެ. އެ ކުންފުނިން 2021 ވަނަ އަހަރު އޮފްލައިން ރީޓެއިލް ސްޓޯރެއް ތައާރަފް ކުރަން ނިންމި ޕްލޭންތައް ކޮވިޑް-19 އާ ގުޅިގެން ވަނީ ލަސްވެފަ އެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ސްމާޓްފޯން މާކެޓަކީ އިންޑިއާ ކަމަށާއި، ސްމާޓްފޯން ބޭނުންކުރާ މީހުންގެ އަދަދު ގާތްގަނޑަކަށް 700 މިލިއަނަށް އަރަ އެވެ.

އެޕަލްގެ ކެޓަލޮގްގައި ހިމެނޭ ބައެއް ޕްރޮޑަކްޓްތަކުގެ ތެރޭގައި އައިފޯން ވެސް ހިމެނެ އެވެ. މިއީ ޓައިވާނުގެ ކޮންޓްރެކްޓް އިލެކްޓްރޯނިކްސް އުފައްދާ ކުންފުނިތައް ކަމަށްވާ ފޮކްސްކޮން (2317.TW) އާއި ވިސްޓްރޯން ކޯޕް (3231.TW) އިން އިންޑިއާގައި އެސެމްބްލް ކުރާ އުފެއްދުންތަކެކެވެ.

އިންޑިއާ ސެލިއުލާ އެންޑް އިލެކްޓްރޯނިކްސް އެސޯސިއޭޝަނުން ބުނި ގޮތުގައި 2022 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އިންޑިއާއިން ގާތްގަނޑަކަށް ނުވަ ބިލިއަން ޑޮލަރުގެ ސްމާޓްފޯނު އެކްސްޕޯޓުކޮށްފައިވާއިރު އޭގެ 50 އިންސައްތަ ހިއްސާކުރަނީ އައިފޯންތަކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!