ޚަބަރު

އުއްޗުގެ ރޯދަ ހަދިޔާއެއް މާލޭ ރައްޔިތުންނަށް: 25،000 ކާށި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ފަރާތުން މާލޭގެ ރައްޔިތުންނަށް 25،000 ކާށި ބަހަން ނިންމައިފިއެވެ.

Ads by STELCO

މި ކާށިތައް ބަހަން ނިންމާފައިވަނީ މާލޭ ސިޓީ ކައުންސިލް މެދުވެރިކޮށެވެ.

އުއްޗުގެ ފަރާތުން މާލޭގައި ކާށި ބަހަން ނިންމާފައިވަނީ، ކާށި ލިބުން ދަތިވެ، ކާށީގެ އަގު ބޮޑުވެފައިވުމުންނެވެ.

މިހާރު 10،000 ކާށި ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ވާއިރު، ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި އިތުރު 15،000 ކާށި ހަވާލުކުރާނެއެވެ.

މި ކާށި ރައްޔިތުންނަށް ބަހާނެ ގޮތަކާއިމެދު މާލޭ ސިޓީ ކައުންސިލުން ދަނީ މަޝްވަރާ ކުރަމުންނެވެ.

Ads by Ooredoo
  1. އަލީ

    މޭޔަރ ގެޔަށް އެއްބައި ގެންގޮސްފަ އަނެއްބައި ރައްޓެހިންނަށް ދިނީމާ ބެހޭނެއެވެ. ޗަމްޕާ އަށް މިމީހުން ނޭގެނީ ހެއްޔެވެ؟؟

  2. ސިޓީ

    އުއްޗޫ އިންޑިޔާ ލަވަކިޔުން ތެރިންނަށް ކިތައްހާސް ކާށީގެ އަގަށްވާ ޑޮލަރު ހޭދަކޮއްލިމްތޯ
    ހަމަ އެކަކުވެސް ތިޔަކާށި ބަލާނުދާތި އަހުރެމެން ދިވެހިން އަދި ތިޔަ ކާށި ނުދިނަސް އޯކޭ .

  3. އުއްޗު ކައިރީ ބުނޭ ކާށި ނެތިގެން އަދި ނުކައި ނުބޮއި އަހަރެމެން ނުތިބެމޭ. އެހެންވެ ތިޔަވަރުގެ ވިޔަފާރިވެރިއަކު އަތުން ތިޔަވަރުގެ ޚަރަދު ކުރާން ހެޔޮނުވާނޭ.