އަނޫރާގް ކަސޯޓީ ދޫކޮށްލަނީ

މަޝްހޫރު ޑްރާމާ ސީރީޒް "ކަސޯޓީ ޒިންދަގީކޭ" ގެ ލީޑް އެކްޓަރ "އަނޫރާގް ބާސޫ" ގެ ރޯލު ކުޅެމުން އަންނަ ޕާރްތު ސަމްތާން އެ ޝޯ ދޫކޮށްލަން ނިންމައިފި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ޕާތު މި ރޯލު ދޫކޮށްލަން ބޭނުން ވަނީ މިވަގުތު އޭނާގެ ސިއްހަތަށް އިސްކަން ދޭން ބޭނުންވާތީއެވެ. އެގޮތުން އޭނާގެ ބަލި ހާލަތު ހުރި ގޮތުންނާއި އިތުރު ޕްރޮޖެކްޓުތަކަށް ވަގުތު ދިނުމަށްޓަކައި ޕާތު މި ރޯލު ދޫކޮށްލަން ނިންމާފައިވާ ކަމަށް ޕާތުގެ ގާތް މީހަކާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ.
މީގެ ކުރިން ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ޕާތު ވަނީ އޭނާ ބޮލީވުޑުގެ ފިލްމުތަކުން ފެނިގެން ގޮސްދާނެ ކަމުގައި އިޝާރާތެއް ވެސް ދީފައެވެ.
ޕާތު ދޫކޮށްލަން އުޅޭ ކަމަށް ރިޕޯޓުތައް ބުނި ކަމުގައި ވިޔަސް މިކަން ޕާތު ވެސް އަދި ޝޯގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރު ވެސް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އެކްތާ ކަޕޫރުގެ އެންމެ މަގްބޫލު އެއް ޑްރާމާ ކަމަށްވާ ކަސޯޓީ ޒިންދަގީ ކޭގެ ފުރަތަމަ ބައި ދައްކާފައިވަނީ 2001 ވަނަ އަހަރުއެވެ. މި ޝޯ އަށް ލިބުނު މަގުބޫލުކަމަށްފަހު ފަހު ޝޯގެ ސީޒަން 2 ފަށާފައިވަނީ 2018 ވަނަ އަހަރުއެވެ.
މައްސަލައެއްނެތް. ދިވެހިންނަކަށް ހިންދީންގެ ޘަޤަފަތުގެ ތެރެއަށް ވަންނާކަށް ނުޖެހޭ.