ޔޫކްރެއިންއިން އިންޑިއާގެ އެހީތެރިކަމަށް
ޔޫކްރެއިންގެ ފުރަތަމަ ޑެޕިއުޓީ ފޮރިން މިނިސްޓަރު އެމީން ޒަޕަރޯވާ، ރަޝިއާގެ ހަމަލާގައި ހަލާކުވި ހަކަތައިގެ އިންފްރާސްޓްރަކްޗާ މަރާމާތު ކުރުމަށް ބޭނުންވާ އިންސާނީ އެހީއާއި އާލާތްތައް ހޯދުމަށް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ އަރިހުން އެދިވަޑައިގަންނަވާނެ ކަމަށް އެ ގައުމުގެ ނޫހަކުން ބުނެފި އެވެ.
އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނީ ޔޫކްރެއިންގެ މިނިސްޓަރު އާދީއްތަ ދުވަހު އިންޑިއާއަށް ވަޑައިގަންނަވަނީ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ކަމަށާއި އެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުމާއި ޔޫކްރެއިންގެ ހާލަތާއި ދުނިޔޭގެ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ޖީ-20 ބްލޮކްގެ ރިޔާސަތު މިއަހަރު އޮންނަ އިންޑިއާއިން ވަނީ ޔޫކްރެއިންއަށް އަރައިގަތުމުގެ ޒިންމާ އެ ގައުމުގެ ކުރީގެ ބައިވެރިޔާ ރަޝިއާގެ ބޮލުގައި އަޅުވަން ދެކޮޅު ހަދައި، ރަޝިއާގެ ތެޔޮ ގަންނަ މިންވަރު އިތުރުކޮށް ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް އެދިފަ އެވެ.
ޑިޕްލޮމެޓިކް މަސްދަރުތަކާ ހަވާލާދީ ހިންދޫ ނޫހުން ބުނީ ހަނގުރާމައިގެ ތެރޭގައި ހަލާކުވި ކަރަންޓުގެ އިންފްރާސްޓްރަކްޗާ މަރާމާތު ކުރުމަށް ފާމަސޫޓިކަލް، މެޑިކަލް އިކުއިޕްމަންޓް އަދި ހަކަތައިގެ އާލާތްތައް ހިމެނޭ ގޮތަށް އިންސާނީ އިތުރު އެހީއަކަށް ޔޫކްރެއިންއިން އިންޑިއާގައި އެދިފައިވާ ކަމަށެވެ.
ރަޝިއާއިން އިންޑިއާއަށް އަރައިގަތް ފަހުން ޔޫކްރެއިންސަރުކާރުގެ ވަޒީރަކު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ޒަޕަރޯވާ، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ސަމިޓަކަށް އަންނަ ޖުލައި މަހު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއަށް "ސުލްހައިގެ ވަރުގަދަ މެސެޖެއް" ދެއްވުމަށް އިންޑިއާއަށް ގޮވާލައްވާނެ ކަމަށާއި، ޖީ-20 ސަމިޓަކަށް އަންނަ ސެޕްޓެމްބަރު މަހު އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެ ނޫހުން ބުނެއެވެ.
އިންޑިއާގައި ހުންނެވި އިރު، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ 10 ނުކުތާގެ ސުލްހައިގެ ފޯމިއުލާއާ ބެހޭ ގޮތުން ޒްޒަޕަރޯވާ ފުޅާކުރައްވާނެ ކަމަށާއި، އިންޑިއާއަށް ތާއީދުކުރާ އިއްތިހާދެއް އުފެއްދުމަށް ޓަކައި ބައިނަލްއަގުވާމީ ގޮތުން މުހިންމު އަޑުތަކެއް އިތުރުކުރުމަށް ގޮވާލާނެ ކަމަށް އެ ނޫހުގައި ވެ އެވެ.
ޔޫކްރޭނުން ބޭނުންވަނީ ޖީ-20 ގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ދައުވަތު ހޯދުމަށާއި، ޒެލެންސްކީގެ ސަމިޓުގައި ޖީ-20 ގެ ލީޑަރުންނާ ވާހަކަ ދެއްކުމަށް ދައުވަތު ދިނުމަށް ކަމަށް އެ ނޫހުން ބުންޏެވެ.
އެ ނޫހުގައި ބުނެފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ކިޔޭވް އަށް ވަޑައިގަތުމަށް ދައުވަތު ދެއްވާނެ ކަމަށް ބެލެވޭ ކަމަށެވެ.