ވިޔަފާރި

އެސްޓީއޯ އާ ހަވާލުކޮށްގެން އިތުރު 20 އެންބިއުލެންސް ގެންނަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސިއްޙީ ދާއިރާއަށް ބޭނުންވާ 20 އެމްބިއުލާންސް ގެނައުމަށް ސަރުކާރުގެ ފަރާތުން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން، އެސްޓީއޯއާއި ހަވާލުކޮށްފިއެވެ.

Ads by MWSC

އެސްޓީއޯއާއި އެމްބިއުލާންސް ގެނައުމުގެ މަސައްކަތް ހަވާލުކޮށް މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ ސައީދެވެ. ހެލްތް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލްއެވެ. މި ރަސްމީއްޔާތުގައި ހެލްތު މިނިސްޓަރ އަހުމަދު ނަސީމްވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި އެއްބަސްވުމުގެ ދަށުން އެސްޓީއޯގެ ފަރާތުން 20 އެމްބިއުލާންސެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އެމްބިއުލާންސްތައް ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ގެނެސް ހަވާލުކުރެވޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ރާއްޖޭގެ ރަށްރަށަށް ބޭނުންވާ އެމްބިއުލާންސް ހަމަކޮށް ސިއްހީ ފަރުވާގެ ނިޒާމު ފުރިހަމަ ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތް ކުރަމުންނެވެ. މިގޮތުން މީގެ ކުރީންވެސް އެސްޓީއޯއާއި ހަވާލުކޮށްގެން 96 އެމްބިއުލާންސް ގެނެސް ރަށްރަށަ މިދިޔަ އަހަރު ވަނީ ފޮނުވާފައެވެ.

ރަށްތަކުގައި އެމްބިއުލާންސް ހަމަ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، މީގެ ކުރީން ރައްތަކަށް ފޮނުވާފައިވާ އެމްބިއުލާންސް މަރާމާތު ނުކުރެވި ގިނަ ދުވަސްތަކެއްވެސް ބޭނުން ނުކުރެވޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. މިމައްސަލަ ހައްލު ކުރުމަށް މިިދިޔަ ދެ އަހަރު ތެރޭވެސް އެމްބިއުލާންސް 110 އަށް ވުރެ ގިނަ އެމްބިއުލާންސް ރާއްޖެ ވަނީ ގެނެސްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!