ވ. ތިނަދުއަށް އަރާ ފޭބުން މަނާ ކޮށްފި
ކޮރޯނާ ވައިރަހާ ގުޅިގެން ވ. ތިނަދުއަށް އަރާ ފޭބުން މަނާ ކޮށްފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ވ. ތިނަދުއަށް މީހުން އަރައި ފޭބުން މަނާކުރީ ޓެސްޓްތަކުގެ ނަތީޖާ ލިބެންދެން ކަމަށެވެ.
ތިނަދުއަށް މީހުން އެރުމާއި އެ ރަށުގައި ތިބި މީހުން ފޭބުން މަނާކޮށްފައިވަނީ އެ ރަށުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީގެ ޓޫރިސްޓަކު ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިފައިވާތީ އެވެ.
އެ ޓޫރިސްޓުގެ ފަރާތުން އަލާމަތްތައް ފެނިފައިވާއިރު އޭނާ މިހާރު ވަނީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ. އަދި ޓެސްޓްތައް ދަނީ ހަދަމުންނެވެ. ތިނަދޫއަށް މީހުން އެރުމާއި ފޭބުން މަނާކޮށްފައިވަނީ ޓެސްޓްގެ ނަތީޖާ ލިބެންދެނެވެ.
މިރޭ ވަނީ ޅ. އަތޮޅުގައި އޮންނަ ކުރެއްދޫ އައިލެންޑް ރިސޯޓަށް ވެސް މީހުން އަރައި ފޭބުން މަނާކޮށްފަ އެވެ. އެރަށުގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ގައުމަށް ދިޔަ މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު އޭނާ ރާއްޖެއިން ޑޮކްޓަރަށް ދެއްކި ޑޮކްޓަރު ވެސް ކޮރޯނާގެ އަލާމާތްތައް ފެނި މިހާރު ވަނީ ކަރަންޓީންކޮށްފަ އެވެ.