ޗަންޕާ ބްރަދާރސްގެ ފަރާތުން ހަދިޔާ ކުރި ކާށި މާދަމާ ބަހަން ފަށަނީ!

ޗަންޕާ ބްރަދާރސްގެ ފަރާތުން މާލޭ ރައްޔިތުންނަށް ހަދިޔާ ކުރި ކާށި މާދަމާ އިންފެށިގެން ބަހަން ފަށާނެކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިރޭ ބުނީ ކާށި ބަހާނީ 11 އޭޕްރީލް އިން 16 އޭޕްރީލް އަށް ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށާއި 17 އޭޕްރީލް އިން ފެށިގެން ދިވެހި ކޮންމެ ރައްޔިތަކަށް ކަމަށެވެ.
"ކާށި ބެހުން ކުރިއަށްދާނީ މާލެސިޓީ ކައުންސިލުގެ ޢާންމު ޚިދުމަތްތަކާއި ބެހޭބައިން (ތައިސޭކޮށި / ބޮޑުތަކުރުފާނުމަގު) ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:30 ން 13:30 އަށް އަދި ރޭގަނޑު 21:30 ން 23:30 އަށެވެ. ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ގެންނެވުމަށް ދަންނަވަމެވެ." މާލޭ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
އުއްޗުގެ ފަރާތުން މާލޭގައި ކާށި ބަހަން ނިންމާފައިވަނީ، ކާށި ލިބުން ދަތިވެ، ކާށީގެ އަގު ބޮޑުވެފައިވުމުންނެވެ.