ޚަބަރު ސަރުކާރު

އައްޑޫ ހިތަދޫ ކުނިކޮށީގައި ރޯވި އަލިފާންގަނޑު 7 ގަޑި އިރުވީ އިރުވެސް ނިވައިނުލެވޭ!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ/ ހިޝްމަތް

އައްޑޫ ސިޓީ ހިތަދޫ ކުނިކޮށީގައި ރޯވި އަލިފާންގަނޑު އަދިވެސް ނިއްވާ ނުލެވޭކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Ads by Sosun Fihaara

އެމްއެންޑީއެފުން ބުނިގޮތުގައި އައްޑޫ ސިޓީ ހިތަދޫ ކުނިކޮށި ކައިރި ހުރި ކުނިތަކެއްގައި އަލިފާން ރޯވުމުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހިތަދޫ ފަޔަރ ސްޓޭޝަނުން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތްކުރަމުންނެވެ އަދި މިހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 16:43 ހާއިރުކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަގޮތުގައި ކުނިގޮނޑުގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އަދި އަލިފާން ގަނޑުން އަރަމުން އަންނަ ދުންތައް ވަނީ ފެތުރިފައެވެ.

އައްޑޫ ސިޓީ ހިތަދޫ ކުނިގޮނޑުގައި ދޭތެރެ ދޭތެރެއިން އަލިފާން ރޯވެ އަލިފާނުގެ ހާދިސާ ތައް ދަނީ ހިނގަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!