ޚަބަރު

އިޓަލީން ރާއްޖެއަށް މީހުން އައުން މަނާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ޔޫރަޕުން ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ އިޓަލީއިން ރާއްޖެއަށް މީހުން އައުން މަނާކޮށްފި އެވެ.

Ads by STELCO

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މާދަމާ ރޭ މެންދަމު 12:00 އިން ފެށިގެން އިޓަލީން ރާއްޖެ އަށް މީހުން އައުން މަނާކުރަން ނިންމާފައިވާ ކަމަށެވެ.

އިޓަލީން ދާދި ފަހުން ރާއްޖެ އައި ދިވެއްސަކު ވެސް ކޮވިޑް19 އަށް ޝައްކު ކުރެވިގެން ވަނީ ޓެސްޓުކޮށްފަ އެވެ. ނަމަވެސް ޓެސްޓްތަކަށް ފަހު އެ ބަލި ނެތްކަން ޔަގީންކޮށް އޭނާ ވަނީ ދޫކޮށްލައިފައެވެ.

މި ނިންމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ، މިވަގުތު ދިވެހިންގެ ސިއްހަތު މުހިންމު ކަމަށް ފެންނާތީ ކަމަށް އަލީ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!