ދުނިޔެ

ޗައިނާގެ މަނަވަރުތައް އަދިވެސް ޓައިވާންގެ ސަރަަހައްދުގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއިން ޓައިވާން ސަރަހައްދުގައި ކުރިއަށްގެންދަމުންދިޔަ އަސްކަރީ ހަރަކާތްތައް ނިންމާލާފައިވީ ނަމަވެސް، އެގައުމުގެ އަސްކަރީ މަނަވަރުތައް އަދިވެސް އަސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށް ޓައިވާންގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

Ads by WAMCO

ޗައިނާއިން އަނެއްކާވެސް ޓައިވާން ސަރަހައްދުގައި ތިން ދުވަހުގެ އަސްކަރީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައި ވަނީ ޓައިވާންގެ ރައީސް ސައި އިންގް-ވެން އެމެރިކާއަށް ވަޑައިގެން އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ ރައީސް ކެވިން މެކާތީއާ ބައްދުކުރުރެއްވުމާ ގުޅިގެން އެކަމުގެ ނުރުހުން ފާޅުކުރުމަށްފަހުއެވެ.

ޗައިނާއިން ހޮނިހިރު ދުވަހު ފެށި މި ހަރަކާތްތަކަކީ ޒިންމާދާރުކަންކުޑަ ހަރަކާތްތަކެއް ކަމަށް ޓާއިވާންގެ ރައީސް ވަނީ ސިފަކުރައްވާފައެވެ.

ޗައިނާއިން ގަބޫލުކުރާގޮތުގައި ޓައިވާނަކީ ޗައިނާގެ ބައެކެވެ. އަދި އެގައުމުގެ ނުރުހުމުގައި އެމެރިކާގެ އިސްފަރާތްތަކުން، ޓައިވާންގެ އޮފިޝަލުންނާ ބައްދަލުކުރެއްވުމަކީ ޗައިނާގެ ދާހިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން ނުފޫޒު ފޯރުވުމަށް ކުރާކަމެއްކަމަށް ޗައިނާއިން ދަނީ ބުނަމުންނެވެ.

ޓައިވާން އަކީ އެގައުމުގެ ބައެއްގެ ގޮތުގައި ބޭއްވުމަށް ބާރުގެ ބޭނުުން ކުރަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރަން ފަސްނުޖެހޭނެ ކަމަށްވެސް ޗައިނާއިން ވަނީ ބުނެފައެވެ.

ޗައިނާގެ އަސްކަރީ ހަރަކާތްތައް ނިންމާލާފައިވާކަމަށް އެގައުމުން ހޯމަ ދުވަހުގެ ރޭ އިއުލާނުކުރި ނަމަވެސް، އަދިވެސް ޓައިވާން ސަރަހައްދުގައި އެގައުމުގެ އަށް މަނަވަރު ހަރަކާތްތެރިވަމުންދާކަމަށް ޓައިވާންގެ ޑިފެންސް މިނިސްޓްރީން ބުނެއެވެ.

ޓައިވާން ސަރުކާރުން ދަނީ ޗައިނާއިން އެގައުމުގެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތައް ތަކުރާރުކޮށް ކުށްވެރިކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!