ޚަބަރު

ރައީސް ޞާލިޙް މިއަދު ޤައުމާއި މުޚާތަބު ކުރައްވަނީ

ދެން އެމްވީ ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ގައުމާ މުޚާތަބުކުރައްވަން ނިންމަވައިފިއެވެ.

Ads by MWSC

މިއަދު ހެނދުނު 10:00 ގައި އެމަނިކުފާނު ގައުމާއި މުޚާތަބުކުރައްވަން ނިންމަވާފައި މިވަނީ ކޮރޯނާަ ވައިރަހުގެ ބިރުވެރިކަމުގައި ރައްޔިތުން ހޭދަކުރަމުންދާ ދަނޑިވަޅެއްގައެވެ. މިކަމާއި ގުޅިގެން ރޭގައި ޓުއަރިޒަމް މިނިސްޓަރާއި ހެލްތު މިނިސްޓަރުވެސް ވަނީ މީޑިއާ ބައްދަލުކޮށް މައުލޫމާތު ހިއްސާ ކޮށްފައެވެ.

ޅ.ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައި އެނބުރި ގައުމަށް ދިޔަ އިޓަލީގެ ފަތުރުވެރިއަކު ކޮރޯނާ އަށް ޕޮސިޓިވް ވެފައިވާކަން އެންގުމުން މާދަމާއިންފެށިގެން އިޓަލީއިން ފަތުރުވެރިން އައުން މަނާކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ މިބައްދަލުވުމުގައި އިއުލާން ކޮށްފައެވެ. އަދި ވ.ތިނަދޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ އިޓަލީ ފަތުރުވެރިއަކު ވެސް ކޮރޯނާ އަށް ޝައްކު ކުރެވި މިހާރު އޭނާ ވަނީ ފަރުކޮޅު ފުށީގައި ކަރަންޓީނުކޮށްފައެވެ.

މިކަންކަމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޅ.ކުރެއްދޫ އާއި ވ.ތިނަދޫން އަރާ ފޭބުން ވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!