ޔޫކްރެއިންއިން އިންޑިއާގެ އެހީތެރިކަމަށް
އިންޑިއާއިން ބުނީ ޔޫކްރެއިންއިން އިތުރު ބޭހާއި މެޑިކަލް އިކުއިޕްމަންޓަށް އެދުނު ކަމަށާއި ގައުމު އަލުން އާރާސްތުކުރުމަށް އެހީތެރިވުމަށް އިންޑިއާގެ ކުންފުނިތަކަށް ދައުވަތު ދީފައިވާ ކަމަށެވެ.
ޔޫކްރެއިންއިން މިކަމަށް އެދިފައިވަނީ ފޮރިން މިނިސްޓްރީގެ ފުރަތަމަ ޑެޕިއުޓީ މިނިސްޓަރު އެމިން ޒަޕަރޯވާ އިންޑިއާއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ޒަޕަރޯވާގެ މި ދަތުރުފުޅަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާއިން އޭނާގެ ގައުމަށް އަރައިގަންނަން ފެށި ފަހުން ޔޫކްރެއިންގެ އިސް އޮފިޝަލަކު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
އިންޑިއާގެ ޖޫނިއާ ފޮރިން މިނިސްޓަރު މީނާކްޝީ ލޭކީއާ އެކު ޒަޕަރޯވާ މަޝްވަރާކުރައްވައި، ރައީސް ވޮލޮޑިމީރު ޒެލެންސްކީގެ ސިޓީއެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އަރުވާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ ސިޓީގައި ބުނެފައި ވަނީ ކޮން ވާހަކައެއް ކަމެއް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.
"ޔޫކްރެއިންގައި އިންފްރާސްޓްރަކްޗާ އާރާސްތު ކުރުމަކީ އިންޑިއާގެ ކުންފުނިތަކަށް ލިބޭނެ ފުރުސަތަކަށް ވެދާނެ،" ޒަޕަރޯވާއާ ހަވާލާދީ އެ މިނިސްޓްރީން ބުނެފައިވެ އެވެ.
ހަނގުރާމަ ފެށުނީއްސުރެ އިންޑިއާއިން ވަނީ ޔޫކްރޭނަށް އިންސާނީ އެހީ ފޮނުވައި، އޭގެ ތެރޭގައި މަސްތުވާތަކެއްޗާއި މެޑިކަލް އިކުއިޕްމަންޓް ވެސް ހިމެނެ އެވެ. އަދި ޔޫކްރޭނަށް ސްކޫލް ބަސްތައް ސަޕްލައި ކުރުމަށް ވެސް އިންޑިއާއިން ނިންމާފައިވާ ކަމަށް އިންޑިއާގެ މިނިސްޓްރީން ބުނެއެވެ.
އަދި ޔޫކްރެއިންގައި އިންފްރާސްޓްރަކްޗާ އާރާސްތުކުރުމަކީ އިންޑިއާގެ ކުންފުނިތަކަށް ލިބޭ ފުރުސަތަކަށް ވެދާނެ ކަމަށް ޒަޕަރޯވާ ހުށަހެޅުއްވި ކަމަށް އެ ބަޔާނުގައި ވެ އެވެ.