ޚަބަރު

ވައިރަހާ ގުޅޭގޮތުން ނަޝީދު ފާޅުކުރައްވަމުން ގެންދަވަނީ ރަނގަޅު ހިޔާލެއް: އަލީ ވަހީދު

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަހާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރައްވަމުން ގެންދަވަނީ ރަނގަޅު ހިޔާލުތަކެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވީ ކޮރޯނާ ވައިރަހުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް ފެށުމުގެ ގޮތުން އެމްޑީޕީ ހަރުގެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ވައިރަސް ފެތުރިދާނެ ކަމުގެ ބިރުގައި ފިޔަވަޅުތަކެއް އަޅައިގެން މުޅި ރާއްޖެ ހުއްޓިގެން ނުވާނެ ކަމަށާއި އޭރުން ދެން ރާއްޖެއަށް ކުރިމަތިވާނެ ގެއްލުން މާ ބޮޑުވާނެ ކަމަށެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަސް ޖަވާބު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ ރައީސް ނަޝީދު އެ ފާޅުކުރައްވަނީ ހަމަ ރަނގަޅު ހިޔާލު ކަމަށާއި އެއީ ރައްޔިތުން ހޭލުންތެރި ކުރަން ދައްކަން ޖެހޭ ވާހަކައެއް ކަމަށެވެ.

"އެއީ ހޭލުންތެރި ކަމަށް ދައްކަވާ ވާހަކަ. އަޅުގަނޑުމެންނަށް ދުނިޔެއާ ވަކިން ނޫޅެވޭނެ. މިވަގުތަކީ ދުނިޔެއާ ރާއްޖެ ގުޅެން ޖެހޭ ވަގުތު." އަލީ ވަހީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ދަތުރުފަތުރު ކުރުން ހުއްޓުވަން އުޅެގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ބައްޔަށް ޝައްކު ކުރެވޭ މީހަކު ހުރެއްޖެނަމަ، އެމީހަކު ކަރަންޓީނު ކުރަންޖެހޭނެ ކަމަށާއި ނަމަވެސް ރަށެއްގައި ބައްޔެއް އުޅުނަސް މުޅި ރަށް ކަރަންޓީނު ކުރަން އުޅުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!