ދުނިޔެ

ޗައިނާގައި ދިރިއުޅޭ އޮސްޓްރޭލިއާގެ މީހަކު ހައްޔަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދާދި ފަހުން ޗައިނާއިން އެނބުރި އައި އޮސްޓްރޭލިއާގެ ފިރިހެނަކު މިދިޔަ ހުކުރު ދުވަހު ސިޑްނީން ހައްޔަރުކޮށް ބޭރުގެ ނުފޫޒު ފޯރުވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކަމަށް ފުލުހުންނާއި ކޯޓުގެ އޮފިޝަލުންނާއި އެ މީހާގެ އަވަށްޓެރިން ވަނީ ބުނެފައެވެ.

Ads by Sosun Fihaara

ނިއު ސައުތު ވޭލްސްގެ ކޯޓުތަކުގެ ތަރުޖަމާނަކު ރޮއިޓާސްއަށް ވިދާޅުވީ، އެލެގްޒެންޑާ ސާގޯ، 55، އަންނަ ހޮނިހިރު ދުވަހު ޕަރަމައްޓާ ލޯކަލް ކޯޓަށް ހާޒިރުވެ، ބޭރުގެ ނުފޫޒުފޯރުވުމުގެ ކުށުގެ ދައުވާ އުފުލާނެ ކަމަށެވެ. އެއީ ޖިނާއީ މައްސަލައެއްކަން ކޯޓު ލިސްޓުކުރުމުން އެނގެއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޭނާ ހައްޔަރުކުރީ އިންޓެލިޖެންސް ސާވިސްއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަކާއި އޮސްޓްރޭލިއާގެ ދިފާއީ އަދި ގައުމީ ސަލާމަތާ ގުޅޭ މައުލޫމާތުތަކާ ގުޅުން ހުރި ކުށެއްގެ ތެރެއިން ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ނަން ހާމަކޮށްފައި ނުވާ އެ މީހާ އަކީ ރާއްޖެއިން ބޭރުގައި ވިޔަފާރި ކުރާ މީހެއް ކަމަށާއި އޭނާ ވަނީ ދާދި ފަހުން އެނބުރި އޮސްޓްރޭލިއާ އަށް ގޮސްފަ އެވެ.

ސީސަރގޯ ހައްޔަރުކޮށްފައިވަނީ ސިޑްނީ ބީޗްސައިޑް އަވަށެއް ކަމަށްވާ ބޮންޑީގެ މީހުން ދިރިއުޅޭ އެޑްރެހެއްގެ ތެރެއިން ކަމަށް އެ އެޑްރެސްގައި ދިރިއުޅުނު އަންހެނަކު ރޮއިޓާސްއަށް ކިޔައިދިނެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އަވަށްޓެރިއަކު ބުނީ ޝަންހާއީގައި ގިނަ އަހަރުތަކެއް ވަންދެން ދިރިއުޅެމުން ދިޔަ އެލެކްސް ނަމަކަށް ކިޔާ މީހަކު ދާދި ފަހުން އެނބުރި އައިސް އެޑްރެސްގައި މަޑުކޮށްގެން ހުކުރު ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަނެއް ބޭފުޅަކު ވިދާޅުވީ މިއީ ފާއިތުވި ހަފުތާތަކުގެ ތެރޭގައި ފުލުހުން އެ އެޑްރެހަށް ޒިޔާރަތްކުރި ދެވަނަ ފަހަރު ކަމަށެވެ.

ޝަންހާއީގައި ދިރިއުޅެމުން ދިޔަ އެލެގްޒެންޑާ ސާގޯގެ ލިންކްޑްއިން ޕްރޮފައިލް އިން ދައްކާ ގޮތުގައި އޭނާ އަކީ ޗައިނާ، ސިންގަޕޫރު އަދި އޮސްޓްރޭލިއާގެ އިޝްތިހާރު އިންޑަސްޓްރީގެ ތަޖުރިބާ ހުރި ޑިޖިޓަލް އަދި ޑޭޓާ މާކެޓިން ކޮންސަލްޓަންޓެކެވެ. އޭނާ އަކީ 2011 ވަނަ އަހަރުން ފެށިގެން ޗައިނާގައި މަސައްކަތް ކޮށްފައިވާ މީހެއް ކަމަށް އެ ރިޕޯޓުގައި ވެ އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްޔަރުކުރި މީހާއަށް ރާއްޖެއިން ބޭރުގައި އުޅެނިކޮށް ގުޅާފައިވަނީ ތިންކް ޓޭންކެއްގެ މީހެއް ކަމަށް ބުނެ ކަމަށެވެ. އޭގެ ފަހުން އޭނާ "ކޭން" އާއި "އެވްލީން" ގެ ނަމުން މަޝްހޫރު ދެ މީހަކާ ބައްދަލުކޮށް އޮސްޓްރޭލިއާގެ ދިފާއީ، އިގްތިސާދީ އަދި ގައުމީ ސަލާމަތުގެ އިންތިޒާމްތަކުގެ އިތުރުން އެހެން ގައުމުތަކާ ގުޅުން ހުރި ކަންކަމާ ގުޅޭ މައުލޫމާތު ހޯދުމަށް ފައިސާ ހުށަހެޅުއްވި ކަމަށް އެ ބަޔާނުގައި ވެ އެވެ.

Ads by Ooredoo
  1. އަރީނާ

    އެއްޗެއް ލިޔެވިއްޖިއްޔާ އެނިމުނީއެވެ. ބޯ ހަލާކު!