ދުނިޔެ

ސަމާލުވޭ! ކޮރޯނާ ވައިރަސްއާއި ބެހޭ މައުލޫމާތު ކަމަށް ބުނެ ދޮގު މެއިލް ތަކެއް ދައުރުވަނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސް ގެ ބިރުވެރިކަން އިތުރުކޮށް ދޮގު މެއިލްތަކެއް ފޮނުވައި މީހުންގެ ޒާތީ މައުލޫމާތު ހޯދަން އުޅޭކަން ހާމަވެއްޖެއެވެ.

Ads by Sosun Fihaara

ރިޕޯޓުތައް ބުނާ ގޮތުގައި ހެކަރުން ، ސިއްހަަތާއި ބެހޭ މުއައްސަސާއެއްގެ ނަމުގައި މެއިލްތަކެއް ފޮނުވަމުންދާކަން ސައިބަރ ރިސާޗުކުރާމީހުނަށް ހާމަވެފައިވެއެވެ. އެހެންކަމުން އެއްވެސް އިތުބާރު ނެތް ފަރާތަކުން ފޮނުވާ ކޮރޮނާ ވައިރަސްއާއި ބެހޭ މެއިލް ނުވަތަ ލިންކްތައް ނުހުޅުވުމަށް ކަމާއި ބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

މިފަދަ ހެކަރުން ދަނީ ޑަބްލިޔުއެޗްއޯ އާއި ސެންޓަރ ފޯ ޑިސީސް ކޮންޓްރޯލް ގެ ނަމުގައި ވެސް މެއިލް ފޮނުވަމުންނެވެ.

ކޮރޯނާ ވައިރަހުގެ ބިރުވެރިކަން އިންތިހާ ބޮޑުވެފައިމިވާ ދަނޑިވަޅުގައި ވައިރަހުގެ ބޭނުން ކޮށް އޭގެ ނާޖާއިޒް ފައިދާ ބަޔަކު ހޯދަމުން ދާތީ ގިނަ ބަޔަކު އަންނަނީ އެކަން ކުށްވެރިކުރަމުންނެވެ. ކަމާއިބެހޭ ފަރާތްތަކުން އަންނަނީ މި މައްސަަލަ ތަހުގީގުކޮށް އީމެއިލް ފޮނުވި އައިޕީ އެޑްރެސް ދެނެގަތުމުގެ މަސައްކަތްކުރަމުންނެވެ.

ކޮރޯނާ ވައިރަހުގެ އެއްލައްކަ އަށް ވުރެ ގިނަ ކޭސް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރެކޯޑުކުރެވިފައެވެ. މީގެ ތެރެއިން 56000 އަށް ވުރެ ގިނަ މީހުން ބަލިން ފަސޭހަވެފައިވާއިރު ކޮރޯނާ ވައިރަސް ޖެހުމުގެ ސަބަބުން 3462 މީހަކު ވަނީ މަރުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!