ޚަބަރު

މޫސުން ގޯޯސްވެ، ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް، މާލެ ހިމެނޭހެން މެދުރާއްޖޭގެ ފަސް އަތޮޅަކަށް ރީނދޫ އެލާޓް ނެރުއްވައިފިއެވެ.

Ads by STELCO

މިގޮތުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރުއްވައިފައިވަނީ ކ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

މިރޭގެ 08:05 އާއި މިރޭ 01:00 އާއި ދެމެދުގެ ވަގުތަށް މި ސަމާލު ނެރުއްވައިފައިވާއިރު، މެޓުން ވަނީ، އެލާޓް ނެރުނު ސަރަޙައްދުތަކަށް ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރައްވައިފައެވެ.

ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާ ކުރެވޭއިރު، މެދުރާއްޖޭގެ ބައެއް ރަށްތަކަށްވެސް ކެރީގެ އަސަރު ފޯރުމާއެކު ގުގުރާނެކަމަށް މެޓުން ވިދާޅުވެއެވެ.

އަދި އުތުރުގެ ބައެއް ރަށްރަށަށް ކެރީގެ އަސަރު ފޯރިނަމަވެސް އުތުރުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށްވެސް މެޓުން ވިދާޅުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!