އެގާރަ އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި ދެ މީހުންގެ ބަންދަށް ފަސް ދުވަސް

ފުވައްމުލައް ސިޓީގައި އުމުރުން އެންމެ 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތަށް ފަސް ދުވަސް ޖަހައިފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ރިޕޯޓްކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރީ އުމުރުން 63 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ، އެ ދެ މީހުންގެ ބަންދަށް ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.