ޚަބަރު

ރާއްޖެ އަކީ މިހާރު ބަރާބަރަށް އިން ކަނޑައޅިފައިވާ ޤައުމެއް: ފިޝަރީޒް މިނިސްޓަރު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޗާގޯސް މައްސަލައިގެ ނިމުމާއެކު، ރާއްޖޭގެ ދެކުނުގެ ސަރަޙައްދުގެ އިން ކަނޑައެޅި، ރާއްޖެ އަކީ މިހާރު "ބަރާބަރަށް" އިން ކަނޑައެޅިފައިވާ ޤައުމެއް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ.ޙުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިނިސްޓަރު މިހެން ވިދާޅުވީ، ޗާގޯސް އައިލެންޑްސްއާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރިބިއުނަލް ފޮރ ދަ ލޯވް އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލަ މި ސަރުކާރުން ބޭނުންވި ގޮތަށް ނިމުމާ ގުޅިގެން، ރޭ ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކައިގައެވެ.

ފިޝަފީޒް މިނިސްޓަރު ރޭ ވިދާޅުވީ، މި މައްސަލަ ނިމިގެން ދިޔައީ، ކަނޑުގެ ފުށުއަރާ ސަރަހައްދުގެ ބޮޑު ބައި ރާއްޖެއަށް ލިބޭ ގޮތަށް ކަމަށެވެ.

"އިން ކަނޑައެޅުމުގެ ކުރިން އޮންނަނީ، ސިޔާސީ ސަރަހައްދުގެ ބާރަ މޭލު. އެ ބާރަ މޭލުގެ ތެރޭގައި މަސްވެރިކަން ކުރަންޏާ އަޅުގަނޑުމެންނަށް ހިފެހެއްޓޭނެ. އެކަމަކު އޭގެ ބޭރުން ކުރިޔަސް ނުހިފެހެއްޓެނީ، ބައިނަލްއަޤްވާމީ ގޮތުން ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގެ ގޮތުގައި ކަނޑައެޅިފަ ނެތީމަ."

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ އިން ކަނޑައެޅުމާއެކުގައި، އެ ސަރަޙައްދުން މަސްވެރިކަން ކުރާ ބޭރުގެ މަސް ބޯޓު ފަހަރު ކޯޯސްޓްގާޑުން ހުއްޓުވާނެ ކަމަށެވެ.

މޮރިޝަސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމުގައި ވަނީ ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮންނަ "ބްލެންހެމް ރީފް" އިން ފެށިގެން ކަމުގައެވެ. ނަމަވެސް ބައިނަލްއަޤްވާމީ ހަމަތަކަށް ބަލާއިރު، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސް ޕޮއިންޓް ކަނޑަނޭޅޭނެ ކަމަށް ބުނެ ރާއްޖެއިން އެކަމާ ދެކޮޅު ހެދިއެވެ.

އެގޮތުން އިޓްލޮސްއިން އިއްޔެ ނިންމި ނިންމުގައި ބުނީ ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން އިން ވަކިކުރުމަށްޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ ހަމައެއް ނެތް ކަމަށެވެ.

އިޓްލޮސްއިން ނިންމީ ދެ ޤައުމުގެ ދެމެދު ބަހަންޖެހޭ 92563 އަކަކިލޯމީޓަރުގެ ސަރަހައްދުން ރާއްޖެއަށް 47232 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 45331 އަކަކިލޯމީޓަރު ކަމުގައެވެ.

Ads by Ooredoo
  1. އަބްދޫ

    ބޯގޯސް ވާހަކަ ނުދައްކާ އިންކަނޑައެޅުމެއްނޫން ބޭނުންވެގެން މިއުޅެނީ ރާއްޖޭގެ ބައެއް ގެއްލިގެން މިއުޅެނީ