ލައިފްސްޓައިލް

ކަރާ އޮށްތައް އުކައިނުލާންވީ މިހެންވެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކަރާ ކާއިރު، އޭގެ އޮށްތައް އުކައިލަން ހެއްޔެވެ؟ ތިބާ އަކީ އެގޮތަށް ޢަމަލު ކުރާ މީހެއްނަމަ، ކަރާ އޮށުން ލިބޭ ފައިދާތައް ނޭނގެނީއެވެ.

Ads by STELCO

ކަރައާ ބެހޭގޮތުން ކޮށްފައިވާ އެކި ދިރާސާތަކުން އެނގޭ ގޮތުގައި، މި މޭވާގެ ބައިތަކުގެ ތެރެއިން އެންމެ ފައިދާ ބޮޑީ އޭގެ އޮށުގައެވެ.

މިގޮތުން ކަރާ އޮށުގައި ވިޓަމިން ބީ ގްރޫޕްގައި ހިމެނޭ ބާވަތްތައް ކަމަށްވާ އަލްޕްބޮފްލޭވިން، ނިޔަސިން، ތިޔަމިން، އަލްބަންޓޯޓިނިކް އެސިޑް އަދި ފޯލިކް އެސިޑް ގިނައަދަދަކަށް ހިމެނެއެވެ.

މިއީ ހިތާއި ހަޖަމުކުރުމުގެ ނިޒާމަށާއި ނާވަސް ސިސްޓަމަށާއި އިމިއުން ސިސްޓަމުގެ ސިއްހަތަށް ވަރަށް ފައިދާ ބޮޑު މާއްދާތަކެކެވެ. އަދި ކަރާގެ އޮށުގައި އެމީނޯ އެސިޑް ގިނައަދަދަކަށް އެކުލެވޭ ޕްރޮޓީން ވެސް ވަރަށް ގިނަކަމަށް ވެއެވެ.

އެމީނޯ އެސިޑް އެކުލެވޭ ޕްރޮޓިން އަކީ ހަށިގަނޑަށް ވަރަށް ފައިދާބޮޑު މާއްދާއެކެވެ. މީގެއިތުރުން ކަރާގެ އޮށުގައި އަންސެޗުރޭޓެޑް ފެޓީ އެސިޑްވެސް ގިނަ އަދަދަކަށް ހިމެނެއެވެ.
އަންސެޗުރޭޓެޑް ފެޓީ އެސިޑަކީ ހިތާއި ނާރުތަކުގެ ބަލިން ސަލާމަތް ކޮށްދިނުމުގައާއި ހަންގަނޑު ރީތިކޮށްދިނުމާއި މުސްކުޅިވުން ލަސްކޮށްދިނުންފަދަ ކަންކަމުގައި މުހިންމު ދައުރެއް އަދާކުރާ މާއްދާއެއް ކަމަށް ސިއްޙަތާބެހޭ ތަޖްރިބާކާރުން ބުނެއެވެ.

ކަރާގެ އޮށުގައި ހިމެނޭ، ސިއްޙަތަށް ފައިދާހުރި އެހެން މާއްދާތަކުގެ ތެރޭގައި ފޮސްފަރަސް، ޕޮޓޭޝިޔަމް، މެގްނެސިޔަމް، މެގްނީޒް، ކޮޕާ އަދި ޒިންކްވެސް ހިމެނެއެވެ.

މީގެތެރެއިން ފޮސްފަރަސް އަކީ ކަށި ވަރުގަދަކޮށް ކަށީގެ ބަލިތަކުން ސަލާމަތް ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ މާއްދާއެކެވެ.

ޕޮޓޭޝިޔަމް އަކީ ލޭގެ ޕްރެޝަރު މައްޗަށް ދިޔަނުދީ ހިފަހައްޓާ މާއްދާއެކެވެ. މެ

ގްނެސިޔަމް އަކީ ހިތުގެ ސިއްހަތަށް މުހިއްމު މާއްދާއެކެވެ. ކަރާގެ އޮށުގައި ގިނައިން މެގްނެސިޔަމް އެކުލެވޭތީ ކަރާގެ އޮށް ކެއުމުން ހިތާއި ސިކުނޑިއަށް ސްޓްރޯކް ޖެހުމުގެ ފުރްސަތު ކުޑަކޮށްދޭ ކަމަށްވެއެވެ. ކޮޕާ އަކީ އިސްތައްޓަށާއި ހަމުގެ ސިއްހަތަށް މުހިއްމު މާއްދާއެކެވެ. އެހެންކަމުން ކަރާ ކެއުމުގެ އިތުރުން ކަރާގެ އޮށްވެސް އުކާނުލައި ކެއުމަށް ޑައިޓިޝަނުން (ކާބޯތަކެއްޗާބެހޭ ތަޖްރިބާކާރުން) ލަފާދެއްވައެވެ.

ކަރާ އޮށެކޭ އެއްފަދައިން، މި މޭވާއިންވެސް ގިނަ ފައިދާތަކެއް ލިބެއެވެ.
އެގޮތުން ކަރާ އަކީ ގިނައަދަދަކަށް ފެންވެސް އެކުލެވޭ މޭވައަކަށްވާތީ ކަރާ ކެއުމުން ހަޖަމުގެ ނިޒާމް ރަނގަނޅުވެ މައިދާ ސާފުވެ ބަނޑުހަރުވުުމުން ސަލާމަތްކޮށްދީ ޗިސްމޭގެ ސިއްޙަތު ސަލާމަތް ކޮށްދިނުމުގެ އިތުރުން ހަމަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ކަރައާބެހޭ ދިރާސާތައް ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!