ޚަބަރު

ބޯގަންވިލާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މާލޭގެ ގެއެއްގައި އަލިފާންގެ ހާދިސާއެއް ހިނގުމާ ގުޅިގެން ސިފައިން ރޭ ހަރަކާތްތެރިވެއްޖެއެވެ.

Ads by Hajj Corporation
އެމްއެންޑީްއެފުން ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގީ މ. ބޯގަންވިލާގޭގައި ކަމަށެވެ.

ރޭ 11:00 އެހާކަށްހާ އިރު ހިނގި އެ ހާދިސާގައި އެ ގޭގެ އެއް ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.

ބޯގަންވިލާ އަކީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ޢާއިލީ ގެ އެވެ. އެ ގޭގައި ދިރިއުޅުއްވަނީ އޭނަގެ ބޭބެ އިބްރާހީމް އިސްމާއީލް (އިބްރާ) އެވެ.

ބޯގަންވިލާގޭގައި ރޯވި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

 

Ads by Ooredoo
  1. ބޯގަންވިލާ ދެން ދައުލަތުގެ ހަރަދުގައި ވިހި ބުރިޔަށްނަގާލަ ބަދަލެއްގެ ގޮތުގައި، ބަދަލޭމެން ތިބޭ ތަނެއްނުންތޯ ؟