ދުނިޔެ

ބައިޑަންގެ ދައުވަތެއް އިންޑިއާގެ ބޮޑު ވަޒީރު މޯދީއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާގެ ރައީސް ޖޯ ބައިޑަން އަންނަ މަހު ވޮޝިންޓަން ޑީސީގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަރުހަބާ ދެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

Ads by Sosun Fihaara

ވައިޓް ހައުސްއިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޯދީ މިމަހުގެ 22 ވަނަ ދުވަހު އެމެރިކާގެ ވެރިރަށަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށާއި އޭގެ ތެރޭގައި ރަސްމީ ފަރިއްކޮޅެއް ވެސް ހިމެނޭ ކަމަށެވެ.

"ކުރިއަށް އޮތް މި ދަތުރުފުޅުގެ ސަބަބުން އެމެރިކާ އާއި އިންޑިއާއާ ދެމެދު އޮންނަ ގާތް ގުޅުމާއި، އެމެރިކާ އާއި އިންޑިއާ މީހުން ގުޅިލާމެހިފައިވާ އާއިލީ އަދި އެކުވެރިކަމުގެ ގާތް ގުޅުން ކަށަވަރުވެގެންދާނެ،" އެ ބަޔާނުގައި ވެ އެވެ.

އެމެރިކާއާއި އިންޑިއާއާ ދެމެދު ޒަމާނުއްސުރެ ގާތް ގުޅުމެއް ބާއްވަމުން އަންނައިރު، ހާއްސަކޮށް ދިފާއީ އަދި ވިޔަފާރީގެ ދާއިރާއިން، މިއީ މޯދީ އެގައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ނަމަވެސް ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި އިންޑިއާ ސަރުކާރުގެ އިންސާނީ ހައްގުތަކުގެ ރެކޯޑާއި ރަޝިއާއާ އޮތް ގުޅުމާ މެދު ކަންބޮޑުވުން ފަދަ ގިނަ މައްސަލަތަކެއްގައި ދެ ގައުމުގެ ގުޅުން މިފަހަކަށް އައިސް ވަނީ ޓެސްޓްކޮށްފަ އެވެ.

ބައިޑަން އާއި މޯދީ ވާޗުއަލް ބައްދަލުވުމެއް ބޭއްވީ އަވަށްޓެރި ގައުމަކަށް އަރައިގަތުމާ ގުޅިގެން މޮސްކޯއަށް އިގްތިސާދީ ޕްރެޝަރު ފޯރުވުމަށް ނިއު ދިއްލީއަށް ބާރު އެޅުމަށް ވޮޝިންޓަނުން މަސައްކަތް ކުރަމުން ދަނިކޮށެވެ.

  1. އަބްދޫ

    އެމެރިކާގެ އަސްލު ޓާގެޓަކީ އެމެރިކާގެ ޑޮލަރުގެ ގެދަލުގަ ބޭނުން ކުރާނެ ފައިސާއެއް ކަނޑައެޅުމަށް ރަސިޔާއާއި އިންޑިޔާ އާއި ބްރެޒިލްއާއި ޗައިނާ އާއި ދެކުނު އެފްރިކާ މިގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް ބުރޫއެރުވޭތޯ ބެލުން.