ޚަބަރު

މެއި މަހުގެ ކަރަންޓު ބިލުގައި ކުނީގެ ފީ ހިމަނާނެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ސްޓެލްކޯގެ ކަރަންޓު ބިލުގައި، ކުނީގެ ފީ ހިމަނަން ފަށާނީ، މި ހިނގާ މެއި މަހުން ފެށިގެން ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން(ވެމްކޯ) އިން ބުނެފިއެވެ.

Ads by STELCO

ވެމްކޯގެ ކުނީގެ ފީ ކަރަންޓް ބިލްގައި ހިމަނަން ނިންމައި، އެކަން އިއުލާން ކުރީ އޭޕްރީލް މަހުން ފެށިގެން ކަމަށްވާތީ ކުނީގެ ފީ ހިމެނޭނީ މެއި މަސް ނިންމާފައިވާ ލިބޭ ކަރަންޓް ބިލްގައި ކަމަށް ވެމްކޯގެ އެސިސްޓެންޓް މެނޭޖަރު ދުންޔާ އިބްރާހީމް ވިދާޅުވިއެވެ.

ވެމްކޯ އިން ނިންމައިފައި ވަނީ އެޕާޓްމަންޓްތަކަށް ވަދެ ކުނި ނަގާނަމަ ދުވާލަކަށް 4.93 ރުފިޔާ ޗާޖުކުރުމަށެވެ.

އޭރުން މަހެއްގެ މައްޗަށް 150 ރުފިޔާ ނަގާނެއެވެ.

ވެމްކޯގެ ކުނީގެ ފީ ކަރަންޓް ބިލްގައި ހިމެނުމަށް ނިންމައި، އެކަން އިޢުލާނު  ކުރިއިރު، ބައެއް ފަރާތްތަކުން ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ވަނީ ބޮޑުވެފައެވެ.

ކުނީގެ ފީ ނުދައްކާ މައްސަލަ ހައްލުކުރުމަށްޓަކައި ވެމްކޯ ބިލާއި ސްޓެލްކޯގެ ބިލު އެއްކޮށްލާތީ، ވެމްކޯއިން ވަނީ ގޭބިސީތަކުގެ މައުލޫމާތު އަޕްޑޭޓްކުރަން އެދިފައެވެ.

އަދި އާއްމު ގޭބިސީ ކަރަންޓް މީޓަރުތަކުގެ ތެރޭގައި ލިފްޓް ނުވަތަ މެއިންޓަނަންސް މީޓަރެއް ހުންނަ ނަމަ އެފަރާތްތަކުން "ޔޫޓިލިޓީ މީޓަރު އެކްސްކުލޫޝަން ފޯމް" ފުރިހަމަކޮށް، އެކޯޕަރޭޝަނަށް ހުށަހަޅަން ވެސް ވަނީ އެދިފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!