ޚަބަރު ދުނިޔެ

11 ރަށަކަށް ސަރުކާރުން ރުށް ހަދިޔާކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގައި ރުއް އިތުރަށް އާލާކުރަން ބޭރުން ގެނެސްގެން ރުއް އިންދަން ފަށާފައިވާ ޕްރޮގްރާމްގެ ދަށުން 11 ރަށަކަށް ރުއް ދޭން ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސެސް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ބުނެފިއެވެ.

Ads by Sosun Fihaara
Ads by Hajj Corporation

ރުކަށް ޖެހޭ ބައްޔެއް ކަމަށްވާ، ހުދު ކޫޑި އާއި ކަޅު ކޫޑި އަދި މަޑީގެ ސަބަބުން ރުއްތައް މަދުވަމުންދާތީ އެ މައްސަލަ ހައްލުކުރުމަށް ރާއްޖޭން ބޭރުން 5،000 ރުއް ގެނެސް، ރާއްޖޭގައި އިންދަން ގައުމީ ފެންވަރުގެ މަޝްރޫއެއް މިހާރު ވަނީ ފަށަފަ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ރުއްތައް އިންދަން ނިންމާފައި ވަނީ 7 އަތޮޅެއްގެ 11 ރަށެއްގަ އެވެ. އެގްރިކަލްޗާ މިނިސްޓްރީން އެގޮތުން އެންމެ ފުރަތަމަ ރުއް އުންދާފައި ވަނީ ހދ. ވައިކަރަދޫގަ އެވެ. އޭގެ ފަހުން ހދ. ނޭކުރެންދޫ، ހއ. އުތީމު ށ. އަތޮޅުގެ ހޯރަފުއްޓާއި ރ. އަތޮޅުގެ ހުޅުދުއްފާރާއި ފައިނުގެ އިތުރުން ނ. ވެލިދު އާއި އެ އަތޮޅު ކެނދިކުޅުދޫގައި ވެސް ރުއް އިންދާފައިވެ އެވެ.

މޯލްޑިވްސް ގްރީން ފަންޑުގެ އެހީގައި ބޭރުން ގެންނަ ރުއްތައް، ދެ އަހަރާއި ބައިގެ ތެރޭގައި ފޯދި، ކުރުނބާ ލިބެން ފަށާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް އެގްރިކަކްޗަ މިނިސްޓްރީން ބުންޏެވެ. އަދި މިއީ ރާއްޖޭގައި އާއްމުކޮށް ހައްދާ ދެ ވައްތަރެއް ކަމަށްވާ، "ވާފް ކޮކޮނަޓް" ގެ ރުއްތަކެވެ.

ރަށްތަކުގައި މި ރުއްތައް އިންދަން ފެށީ ހދ. ހަނިމާދޫގައި ކަރަންޓީނު ކުރުމަށް ފަހު، ބައްޔެއް ނެތްކަން ކަށަވަރު ކުރުމަށް ފަހު އެވެ. މިނިސްޓްރީން ބުނީ ރުއްތައް ހަދިޔާ ކުރަނީ، ބޮޑު ރުއްގަނޑެއް ހެއްދޭނެ ފަދަ ޖާގަ އޮތް ރަށްރަށެވެ.

އެގްރިކަލްޗަ މިނިސްޓްރީން ރުއް އިންދަން ފެށި ޕްރޮގްރާމަކީ "ރުކުގެ އާ ޖީލެއް" ރާއްޖޭގައި އުފެދޭނެ އެވެ.

Ads by HDC
  1. ވޯޓް ވިއްކި ގަމާރު

    މަގުސަދު ކިތަމެހާވެސް ރަނގަޅު އެކަމަކު އިންދޭ ރުއްތަކަށް ވެގެން ދާގޮތް ދެރައީ.. ހޯރަފުށީގަ އިންދި ރުއްތަށް އަލިވިލުން ހުރީ އުފުރާ އުކާލަފަ… މިހެން މިކަންތަށް ވާނަމަ މިކަން ކުރުމުގެ މަގުސަދު ހާސިލްވާނެބާ؟؟؟