ޚަބަރު ސިޔާސީ

ޕާޓީން ވަކިކުރަން ޖެހެނީ ރައީސް ޞާލިޙު: ރައީީސް ނަޝީދު

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ

އެމްޑީީީޕީީއިން ވަކިކުރަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކަމަށް އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނުގެ  ނުރަސްމީ ޓްވިޓާ އެކައުންޓުން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"2019 ގައި ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ދާއިރާ ރައީސުން ނުކުމެ އެމްޑީޕީގެ ކެންޑިޑޭޓް ކަޓުވާލައި އެހެން މީސްމީހުން މަޖިލީހަށް ހޮވި މައްސަލަ ނުބަލައި، ފިޔަވަޅު އަޅާ ކޮމިޓީއިން މިހާރު އެބަލާ މައްސަލަތައް ބެލުމަކީ އިންސާފުވެރިކަމެއް ނޫން. ޕާޓީއިން ވަކި ކުރަން ޖެހެނީ ރައީސް ޞާލިހު" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވީ ސަރުކާރުގެ ބަންޑާރަ ނައިބު ވަކިކުރަން, މަޖިލީހަށް ހުށަހެޅި މައްސަލައިގައި ސޮއި ކޮށްފައިވާތީ އެމްޑީޕީގެ ބައެއް މެމްބަރުންނަށް ފިޔަވަޅު އެޅުމަށް އެޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހަޅައި، އެމައްސަލަ ބަލަމުން އަންނާތީއެވެ.

އަދި މި މައްސަލަ އެކޮމިޓީއިން ބަލައި އެޕާޓީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް ވަނީ އެމްޑީޕީ އިން ވަކިކޮށްފައެވެ.

ތަކުރާރުކޮށް، ވިޕްލައިނާ ޚިލާފުވެފައިވާތީ ފިޔަވަޅު އަޅައިދޭން ޕާލަމަންޓްރީ ގްރޫޕުން އެދިފައިވާ އަނެއް ހަތަރު މެމްބަރުންނަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފާއި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބްދުއްލަޠީފާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ.

Ads by Allied Insurance
  1. އެކުވެރި

    މިފެންނަނީ މި ދުނިޔޭގައި މި ބައިގަނޑު އެކުވެރިން ކަމުގައި ދެކޭ މީހުންގެ ޙާލަތު! ދެން ޤިޔާމަތް ދުވަހު އުޅޭނެ ޙާލާމެދު ިސްނާލާ!
    وَلَا يَسْأَلُ حَمِيمٌ حَمِيمًا
    އަދި، އެދުވަހުން ގާތް رحمة ތެރިޔަކު، رحمة ތެރިޔަކާމެދު سؤال އެއް ނުކުރާނެތެވެ.
    [ އަލް މަޢާރިޖް 10 ވަނަ އާޔަތް ]

  2. ވަކިކުރޭ

    ރައްޔިތުންގެ މަޖްލީހަށް މެމްބަރުން ހޮވާއިރު ޕާރޓީގެ ވިޕްލައިނާއި ޚިލާފުވާން ޖެހޭނެ ތޯ ނޫންތޭ އެއް ނުބަލާ ރައްޔިތުނަށް ރައްޔިތުންނަށް ދަތިވާ ކަންކަމުގައި މަޖްލީހުގެ މެމްބަރުން މަސައްކަތް ކޮށްދޭނެ ކަމަށް ހީކޮށޭ ވޯޓް ދެނީ ކޮތަޅު ޓެކްސް ސަރުކާރުން ކޮތަޅު ފީ ނަމުގައި ބޮޑެތި އޮޅުވާލުމާއި މަކަރާއި ހީލަތުގެ ދަށުން ނަގަމުންދާއިރު ކޮތަޅުން %2000 ކަސްޓަމްސް ޑިއުޓީ ވެސް ނަގައޭ ރައްޔިތުން ފެލަން މަޖްލީހުގެ މެމްބަރުން އެއްބަސްނުވުމުން ސަރުކާރަށް މެމްބަރުންނަށް އަދަބު ނުދެވޭނެއޭ ރައީސް އިބޫ އެމްޑީޕީން ވަކިކުރޭ އިބޫ ހިންނަވަރޭ ދަ މަސްކައްކާ އެމްޑީޕީން ވަކިކުރޭ އިބޫ ހިންނަވަރޭ ދަ މަސްކައްކާ އެމްޑީޕީން ވަކިކުރޭ އިބޫ ހިންނަވަރޭ ދަ މަސްކައްކާ އެމްޑީޕީން ވަކިކުރޭ އިބޫ ހިންނަވަރޭ ދަ މަސްކައްކާ އެމްޑީޕީން ވަކިކުރޭ އިބޫ ހިންނަވަރޭ ދަ މަސްކައްކާ އެމްޑީޕީން ވަކިކުރޭ އިބޫ ހިންނަވަރޭ ދަ މަސްކައްކާ އެމްޑީޕީން ވަކިކުރޭ އިބޫ ހިންނަވަރޭ ދަ މަސްކައްކާ އެމްޑީޕީން ވަކިކުރޭ އިބޫ ހިންނަވަރޭ ދަ މަސްކައްކާ އެމްޑީޕީން ވަކިކުރޭ އިބޫ ހިންނަވަރޭ ދަ މަސްކައްކާ އެމްޑީޕީން ވަކިކުރޭ އިބޫ ހިންނަވަރޭ ދަ މަސްކައްކާ އެމްޑީޕީން ވަކިކުރޭ އިބޫ ހިންނަވަރޭ ދަ މަސްކައްކާ އެމްޑީޕީން ވަކިކުރޭ އިބޫ ހިންނަވަރޭ ދަ މަސްކައްކާ އެމްޑީޕީން ވަކިކުރޭ

  3. ކޮަރަކަލި

    ކުޑަކުދީން ހާކާވަށްތަރުގެ ބޮޑާނަހާކާ ޕާޓީއާއެކު މަސައްކަތް ކުުރުން އެންމެރަގަޅީ

  4. އަބްދޫ

    ނަސީދު މިވަގުތު ޕާޓީން ވަކިކޮށްފިނަމަ އަލުން އެމްޑީޕީ ލިބުން ދުރު. މިހާރު ނަސީދު ވަކި ނުކޮށްފިނަމަ ރިޔާސީއިންތިހާބުގެ ފަހުން ސާލިހް ނުހޮވިއްޖެ ނަމަ ސާލިހް ބާކީ ވެދާނެ.