ބިސް ފެނުގައި ކައްކަން އެނގޭ: ޝާހު
ބޮލީވުޑްގެ އެކްޓަރު ޝާހްރުކްޚާން އަކީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ގިނަ ވާހަކަތަކެއް ފޭނުންނާ ހިއްސާ ކުރާ މީހެކެވެ. އެގޮތުން އެންމެ ކުޑައިރުގެ ތަފާތު އެކި ވާހަކަތައްވެސް، ޝާހު މީގެ ކުރިން ހިއްސާ ކުރިއެވެ.
2018 ވަނަ އަހަރު ދިން އިންޓަރވިޔުއެއްގައި، އެންމެ ކުޑައިރުގެ ހަނދާާންތައް އައު ކުރަމުން ޝާހު ބުނީ، އޭނާއަށް އަތުން ކާން ވެސް ނޭނގޭ ކަމަށާއި، ގާތްގަނޑަކަށް އުމުރުން 25 އަހަރު ވަންދެން އޭނާއަށް މަންމަގެ އަތުން ކާން ދިން ކަމަށެވެ.
އެކަމާ ހެދި މިހާރުވެސް، އަމިއްލަ އަތުން ކެއުމަކީ، އޭނާއަށް އުނދަގޫ ކަމެއް ކަމަށް ޝާހު ބުނެއެވެ.
ޝާހުގެ މަންމަ އާއި ބައްޕަ، އޭނާއަށް މީރުކޮށް ކައްކައިދޭކަން ފާހަގަކޮށް ޝާހު ބުނީ، އޭނާގެ ދަރިންނަށް، އޭނާ އެގޮތަށް ކަންތައް ކޮށްނުދޭ ކަމަށެވެ. ނަމަވެސް ބައެއް ފަހަރު ޕާސްތާ ފަދަ އެއްޗެހި ހަދާ ކަމަށާއި، ބިސް ފެނު ކައްކައި، ސައި ހަދަން ވެސް އެނގޭ ކަމަށް ޝާހު ބުންޏެވެ.
ޝާހުގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު، އޭނާ އެންމެ ފަހުން ފެނުނީ ފިލްމު "ޕަތާާން" އިންނެވެ.
ގުއިރޭން އިގޭ ތައް