ޚަބަރު

ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރަން ހެލްތު ސްކްރީނިން ޕްރޮގްރާމެއް ބާއްވަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމަށް ހެލްތު ސްކްރީނިން ޕްރޮގްރާމެއް ބާއްވަން ނިންމައިފިއެވެ.

Ads by STELCO

އާބަންކޯއިން ބުނީ ހުޅުމާލޭގައި ހިންގަމުން އަންނަ ހޮސްޕިޓަލްތައް ގުޅިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހެލްތު ސްކްރީނިން ޕްރޮގްރާމްތަކެއް ކުރިއަށްގެންދިއުމަށް ނިންމާާފައިވާ ކަމަށެވެ.

ހެލްތު ސްކްރީނިން ޕްރޮގްރާމް ކުރިއަށްދާނީ މެއި މަހުގެ 18 ވާ ހުކުރު ދުވަހު ހަވީރު 4ން އިރުއޮއްސި 6އާ ހަމައަށް ހުޅުމާލެ ފޭސް 1 ގެ ރުއްގަނޑު 1 ސަރަހައްދާއި، އަދި ރުށްގަނޑު 3 ސަރަހައްދުގައި ކަމަށް އާބަންކޯއިން ބުންޏެވެ.

މި ޕްރޮގްރާމް މައިގަނޑުގޮތެއްގައި އަމާޒުކޮށްފައި ވަނީ ރާއްޖޭގައި އާންމުކޮށް ފެންނަ ގައިން ގަޔަށް ނާރާ ބަލިތަކަށެވެ. އެގޮތުން ރުށްގަނޑު 1 ސަރަހައްދުގައި ހުޅުމާލެ ހޮސްޕިޓަލުގެ ފަރާތުން ހިތުގެ ބަލިތަކުގެ ހިރާސްތައް ދެނެގަތުމަށް ޓެސްޓް ހެދުމާއި، ހަކުރު ޓެސްޓާއި، ބީޕީ އަދި ބީއެމްއައި ބަލައި، މިކަންކަމާ ގުޅުންހުރި މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރުށްގަނޑު 3 ސަރަހައްދުގައި ހިޔާ މެޑިކަލް ސެންޓަރގެ ފަރާތުން ކުރިއަށްގެންދާނީ ޗައިލްޑް ނިއުޓްރިޝަން ކަމަށާއި އެއީ ޑެންޓަލް ޗެކަޕްތައް ކަމަށްވެސް އާބަންކޯއިން މައުލޫމާތު ދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!